ނިއުދިއްލީން: މުހައްމަދު ޝާން

ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗް 8-1 ލަނޑުން އަފްގާނިސްތާނުން ކާމިޔާބުކޮށް، ގްރޫޕުގެ ފުރަތަމަ ޓީމެއްގެ ގޮތުގައި ސެމީފައިނަލުން ޖާގައެއް ކަށަވަރު ކޮށްފިއެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިޔަމް ގައި މިއަދު ރާއްޖެ ގަޑިން 2:30 ގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑް ނެގީ އަފްގާނިސްތާނުންނެވެ. ކެޕްޓަން ބެލާލް އަރޭޒޯ ހަތަރު ލަނޑު ޖެހިއިރު ދެން ލަނޑު ޖަހައިދިނީ އަތާ މުހައްމަދާއި ހާރޫން ފަޚްރުއްދީނާއި ޔޫސުފް މެޝްރިގީ އަދި ޖެލާލުއްދީނެވެ އަދި މެޗުގައި ބޫޓާނުން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗެންދޯ އެވެ.

މިއަދުގެ މެޗުން މޮޅުވެ، ގްރޫޕް އޭ ފަޅިން ސެމީގެ ފުރަތަމަ ޖާގަ އަފްގާނުން ހޯދުމާއެކު، އެޓީމް މިވަގުތު އޮތީ ގްރޫޕްގެ އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިޓާއެކުގައެވެ. އަދި މެޗުން ބަލިވި ޓޫޓާނަކަށް އެއް ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.