ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗް 8-1 ލަނޑުން އަފްގާނިސްތާނުން ކާމިޔާބުކޮށް، ގްރޫޕުގެ ފުރަތަމަ ޓީމެއްގެ ގޮތުގައި ސެމީފައިނަލުން ޖާގައެއް ކަށަވަރު ކޮށްފި އެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިޔަމްގައި މިއަދު ރާއްޖެ ގަޑިން 2:30 ގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑް ނެގީ އަފްގާނިސްތާނުންނެވެ. އެގޮތުން އަފްގާނިސްތާންގެ ކެޕްޓަން ބެލާލް އަރޭޒޯ ހަތަރު ލަނޑު ޖެހިއިރު ދެން ލަނޑު ޖަހައިދިނީ އަތާ މުހައްމަދާއި ހާރޫން ފަޚްރުއްދީނާއި ޔޫސުފް މެޝްރިގީ އަދި ޖެލާލުއްދީނެވެ އަދި މެޗުގައި ބޫޓާނުން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗެންދޯ އެވެ.

މިއަދުގެ މެޗުން މޮޅުވެ، ގްރޫޕް އޭ ފަޅިން ސެމީގެ ފުރަތަމަ ޖާގަ އަފްގާނުން ހޯދުމާއެކު، އެޓީމް މިވަގުތު އޮތީ ގްރޫޕްގެ އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިޓާއެކުގައެވެ. އަދި މެޗުން ބަލިވި ޓޫޓާނަކަށް އެއް ވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގްރޫޕް އޭ ފަޅިން ސެމީ ފަައިނަލްގެ ދެ ވަނަ ޖާގާ ކަށަވަރު ކުރާޓީމެއް އިގޭނީ ރާއްޖެ ގަޑިން މިއަދު 5:30 ގައު އިންޑިޔާއާއި ދެކޮޅަށް ލަންކާ ކުޅޭ މެޗަށް ފަހުގައެވެ. އަދި މިމެޗުން މޮޅުވާ ކޮންމެ ޓީމަކަށް ސެމީއިން ޖާގަ އެއް ކަށަވަރު ވާއިރު، ކޮންމެ ނަތީޖާއަކޫނ މެޗު އެއްވަރުވެއްޖެ ނަމަ ފުރުސަތު ލިބޭނީ އިންޑިއާ އަށެވެ.

އަދި ގްރޫޕްގެ އެއް ވަނަ އިންޑިޔާއިން ހޯދަން ބޭނުންނަމަ، ލަންކާ ކޮޅަށް ފަސް ލަނޑު ޖަހަން މަޖުބޫރެވެ.
މިއަދު ކުޅޭ ގްރޫޕް އޭގެ މެޗްތަކަށް ފަހު ސެމީ ގައި ބައްދަލުކުރަން ޖެހޭ ޓީމް ތަށް މުޅިން ފައިނަލުވާނެ އެވެ.