07 Dec 2011, 17:51
ހުނަރު ޕްރޮގްރާމްގެ އާ ކޯސްތަކެއް އެޑިޔޭޝަން މިނިސްޓްރީ އިން ރޭ ފައްޓައިފި އެވެ.
އެޑިއުކޭޝަން އިން ބުނި ގޮތުގައި އަލަށް ފެށި ކޯސްތަކަކީ ހެވީ ވެހިކަލް އޮޕަރޭޝަން ކޯހަކާއި ކާޕެންޓާ އަދި ޓުއާ ގައިޑް ކޯހެކެވެ.
ކޯސްތައް ފައްޓަވައިދެއްވައި ޝަރަފްވެރި ކޮށްދެއްވީ ރޭ ސޯޝަލްސެންޓަރުގެ ސެމިނާ ރޫމްގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރު އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓް މަހުމޫދު ރާޒީ އެވެ.
އެ ރަސްމިއްޔާތުގައި ރާޒީ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޓަކައި އަބުރުވެރި މަސައްކަތެއް ކޮށްގެން ދިރިއުޅުމަށް ފައިސާ ހޯދުން އެއީ ޕްރޮގްރާމްގެ މަޤްސަދު ކަމަށެވެ. އަދި ޕްރޮގްރާމްތައް އެކުލަވާލުމުގައި މުހިއްމުކަން ދޭންވީ ކަންތައްތަކުގެ މައްޗަށް ވެސް އަލި އަޅުއްވާލެއްވި އެވެ. ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަރާތްތަކާ އެކު ތަމްރީނުތައް ހިންގުން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.