24 Feb 2020, 16:19
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން 15 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހަޅައިފިއެވެ.
ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން އެކަމާ ގުޅޭ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އިސްލާމިކް މަރުކަޒުގައި މިއަދު ވަނީ ޙައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ބިޑު ހުށަހެޅުން ކުރިއަށް ގެންގޮސްފައެވެ.
އިސްލާމިކް މިނިސްޓްރިން ބުނީ މިއަދު 15 ކުންފުންޏަކުން ބިޑު ހުށަހަޅާފައިވާ ކަމަށެވެ. މިކުންފުނިތަކުގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވަނީ ހަތަރު ކުންފުންޏެކެވެ.
މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކުރީ ހަ ކުންފުންޏަކަށެވެ. އެއީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީ ގްރޫޕްގެ އިތުރުން މިނާ ހައްޖު އެންޑް އުމްރާ ގްރޫޕާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް އަލް އަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.