07 Dec 2011, 16:22
ހުޅުލޭން މާލެއަށް ދަތުރުކުރި ޖީއެމްއާރްގެ ފެރީ އެއްގެ އިންޖީނު ހުއްޓި މާލެ އަތޮޅު ފުނަދޫ ފަރަށް އަރައިފި އެވެ.
އެސްޓީއޯއިން ތެޔޮ ރައްކާ ކުރާ ރަށް ފުނަދޫ ފަރަށް ޖީއެމްއާރްގެ ފެރީ އެރީ މިއަދު ހަވީރު ހުޅުލޭން މީހުން ގޮވައިގެން މާލެ އަންނަނިކޮށް އިންޖީނު ހުއްޓިގެންނެވެ. އެމްއެންޑީއެފުން ބުނީ ފެރީ ފަރަށް އެރި ވަގުތު އެހެން ފެރީ އެއް އެހިސާބަށް ގޮސް ފެރީގައި ތިބި މީހުން ނަގައިގެން މާލެ ގެނެސްފައިވާ ކަމަށެވެ.
ފެރީގެ އިންޖީނު ހުއްޓިފައި އޮއްވާ ފަރަށް އެރިކަން ކޯސްޓު ގާޑަށް އެންގީ ފެރީގައި ތިބި މީހުނެވެ. ކޯސްޓުގާޑުން މއެސަރަހައްދުގައި ހަރަކާތްތެރި ވަމުން އެބަދެ އެވެ.