07 Dec 2011, 10:24
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުރިހާ ހަރަދެއް ކުރާ ގޮތަށް ދެކުނު އޭޝިޔާގެ ގައުމުތަކުގެ ނޫސްވެރިންނަށް ނޫސްވެރިކަމުގެ ކުރު ކޯހެއްގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިންޓަނޭޝަނަލް ސެންޓަފޯ ޖާނަލިސްޓްސް ]އައިއެފްޖޭ[ އާއި ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީ ގުޅިގެން ހިންގާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ނޫސްވެރިންގެ އިތުރުން ސްރީލަންކާ އާއި އިންޑިޔާ އާއި ނޭޕާލް އާއި ބޫޓާން އަދި ޕާކިސްތާނުގެ ނޫސްވެރިންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
"ނިއު މީޑިޔާ ނިއު ޗެލެންޖަސް: ބެސްޓް ޕްރެކްޓިސް އިން ދަ ޑިޖިޓަލް އޭޖް"ގެ ނަމުގައި ހިންގާ ހަ ހަފުތާ އެ ކޯހުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާ ޝައުތު އޭޝިޔާ ސަރަހައްދުގެ 75 ނޫސްވެރިންގެ ތެރެއިން، ފުރަތަމަ ބުރުން ހޮވޭ އެންމެ މޮޅު 25 ނޫސްވެރިޔަކަށް ކޮލަމްބޯގައި އޮންނަ ފަސް ދުވަހުގެ ކޮންފަރެންސެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމެރިކަން އެމްބަސީ އާއި އައިސީއެފްޖޭ އިން ބުނެފައިވެ އެވެ.
ކޯހުގެ ބައިވެރިންނަށް އިންވެސްޓިގޭޓިވް ޖާނަލިޒަމާއި ނޫސްވެރިކަމުގެ އެތިކްސް އާއި ޑިޖިޓަލް ކޮންޓެންޓް، ވެބްސައިޓްގައި ލިއުމާއި ވެބްސައިޓް ޑިޒައިން ކުރުމާއި ވެބް ވީޑިއޯ ޝޫޓްކޮށް އުފެއްދުން ފަދަ ދާއިރާތަކުން ތަމްރީނު ދޭނެ ކަމަށް އައިއެފްސީޖޭ އިން ބުނެފައިވެ އެވެ. އޭގެ އިތުރަށް ބްލޮގް ތައާރަފު ކުރުމަށް އެކްސްޕްލޯކޮށް ދިނުމާއި ނުރައްކަލަށް ނުވެއްޓި ޒިންމާދާރު ގޮތުގައި އިޖުތިމާއީ ނެޓްވޯކްތަކުގައި މައުލޫމާތު ފަތުރާނެ ގޮތް ދަސްކޮށް ދިނުން ވެސް އެކޯހުގައި ހިމެނޭނެ ކަމަށް އައިއެފްޖޭ އިން ބުނެފައިވެ އެވެ.
އައިއެފްސީޖޭ އާއި ސްޓޭޓް ޑިޕާޓްމަންޓް ގުޅިގެން ހިންގާ ކޯހުގައި ރާއްޖެ އިން ފެސިލިޓޭޓަރެއްގެ ދައުރު އަދާކުރަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ( އެމްޖޭއޭ) އިންނެވެ.