20 Feb 2020, 10:08
މިއަަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 573 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ހެލްތް އަދި ސޯޝަލް ސާވިސްގެ ހިދުމަތްތަކަށް 40.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ ބަޖެޓުން 13.3 މިލިއަން ހަރަދުކޮށްފައިވާއިރު، ދަތުރުފަތުރގެ ދާއިރާ އިން 29.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ދާއިރާ އިން 11.7 މިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ވަނީ މި މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައެވެ.
މީގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމަށް މި މުއްދަތުގެ ތެރޭގައި 32.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައެވެ.
މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ.