20 Feb 2020, 08:27
އަންނަ މަހުގެ ހަވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރާ "ގިލްޓީ"ގެ ޓްރެއިލާއެއް ދައްކާލައިފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސް އާއި ނެޓްފްލިކްސްއިން ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ލީޑު ތަރިއަކީ "ކަބީރު ސިންހް"ގެ ތަރި ކިއާރާ އަދުވާނީއެވެ.
ރޭޕްގެ މައްސަލައަކަށް ބިނާކޮށް ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ރޫޗީ ނަރައިންއެވެ. ކިއާރާގެ އިތުރުން އެ ފިލްމުން ފެނިގެންދާނީ ތާހިރު ޝައްބީރާއި އަކަންޝާ ރަންޖަނެވެ.
މިއީ ދަރުމާ ޕްރޮޑަކްޝަންސް އާއި ނެޓްފްލިކްސް އިން ގުޅިގެން ގެނެސްދޭ ފަސްވަނަ ޕްރޮޑަކްޓެވެ.