19 Feb 2020, 14:08
ހޫނު މޫސުމާއި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއަށް ފޯރުކޮށްދޭ ކަރަންޓު އިތުރުކުރުމަށްޓަކައި އިތުރު ޖެންސެޓެއް ބެހެއްޓުމުގެ މަސައްކަތް، ސްޓެލްކޯ އިން ފަށައިފި އެވެ.
ސްޓެލްކޯ އިން ބުނެފައިވަނީ މާލެއަށް ފޯރުކޮށްދޭ ކަރަންޓު އިތުރު ކުރުމަށްޓަކައި 1.6 މެގަވޮޓުގެ ޖެންސެޓެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ހޫނު މޫސުމާއި ރޯދަ މަހާ ދިމާކޮށް މާލޭގައި ކަރަންޓު ބޭނުންކުރަން ޖެހޭ މިންވަރު ކޮންމެ އަހަރުވެސް އިތުރުވެއެވެ. އޭގެ ސަބަބުން ސްޓެލްކޯއިން ތަފާތު މަސައްކަތްތައް މީގެކުރީންވެސް ވަނީ ކޮށްފައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.