19 Feb 2020, 08:44
ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ތިން ވަނަ ސީޒަން އަންނަ މާޗު މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސީރީޒްގެ ޓީޒާކޮޅެއް ދައްކާލި އިރު މިފަހަރުގެ ސީޒަނުގައި އާ ތަރިންތަކެއް ވެސް ފެނިގެންދެ އެވެ. ސްޕެނިޝް ހައި ސްކޫލު ޑްރާމާ ވަނީ ބޮޑު ހިޓަކަށް ވެފަ އެވެ. މި ސީރީޒްގެ ހަތަރު ވަނަ ސީޒަނެއް ވެސް ދައްކާނެ ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ.
ނެޓްފްލިކްސް އިން ބުނީ އެލީޓުގެ ފުރަތަމަ ސީޒަން ވަނީ 20 މިލިއަން އެކައުންޓުން ބަލާފައި ކަމަށެވެ. އެ އަދަދަކީ ޝޯ ނެރުނު ދުވަސްކޮޅުގެ އަދަދެއް ކަމަށް ވެސް ނެޓްފްލިކްސް އިން ހާމަކޮށްފައިވެ އެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަން 2018 ވަނަ އަހަރު ވަނީ ސްޓްރީމްކޮށްފަ އެވެ. އަދި ދެވަނަ ސީޒަން ވަނީ މިދިޔަ އަހަރު ރިލީޒްކޮށްފަ އެވެ. އެލީޓް އަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒެކެވެ.