ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅޭ ފިލްމު "އަނދިރިކަން"ގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެކަމަށް ސީޒަން ބުނެފި އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓްގެ އިތުރުން އެހެން ރޭތަކުގެ ޝޯގެ ޓިކެޓް ވެސް އުޅެނީ 100 ރުފިޔާއަށެވެ.

މިދިޔަ އަހަރު އޮކްޓޫބަރު 22ގައި ނެެރުމަށް އަމާޒުހިފި މި ފިލްމު ވަނީ މިދިޔަ އަހަރު އެޅުވޭ ގޮތް ނުވެފަ އެވެ. ފިލްމުގެ ޓިކެޓް ވިއްކަން ފެށި ނަމަވެސް އެ ފަހަރު ފިލްމު އެޅުވޭގޮތް ނުވީ ފިލްމުމުގެ ޕްރޮޖެކްޓް ފައިލަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސީޒަން އޭރު ބުނެފައިވެ އެވެ.

ސީޒަންގެ އިތުރުން އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު އާއި އާމިނަތު ރިޝްފާ އެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެން ދާނީ މަރިޔަމް ޝަކީލާ، ޒީނަތު އައްބާސް އަދި އަހްމަދު ސައީދެވެ.

މި ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭއެކެވެ. މި ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.