ވިލާ ޓްރެވަލްސް މެދުވެރިކޮށް މެލޭޝިޔާ އަށް ދަތުރުކުރާ މީހުންގެ މެދުގައި މަހަކު އެއްފަހަރު ނަގާ ލަކީ ޑްރޯގެ މިދިޔަ މަހުގެ ނަސީބު ވެރިއަކަށް ގ. މޫންލައިޓްވިއު އަފީފު ހުސައިން ކާމިޔާބުކޮށް 30،000 ރުފިޔާ ހޯދައިފި އެވެ.
އޭނާގެ ކޫޕަން ނަމްބަރަކީ 0541 ކެވެ.

ވިލާ އިން ބުނީ އެ ލަކީޑްރޯ އިން ހޮވޭ ފަރާތްތަކަށް މެލޭޝިއާ އަށް ދިޔުމަށް ބިޒްނަސް ކްލާހުން ދެކޮޅު ޓިކެޓް ދެ ބޭފުޅަކަށް ލިބޭނެ ކަމަށާއި ނޫނީ 30،000 ރުފިޔާ އެފަރާތަކަށް ދެވޭނެ ކަމަށެވެ.

މެލޭޝިޔާއަކީ ސުކޫލް ބަންދުގަ އާއި އަދި ކިޔެވުމުގެ އެކި ބޭނުންތަކަށް ދިވެހިން ޒިޔާރަތްކުރާ މަގުބޫލު މަންޒިލެކެވެ.