18 Feb 2020, 07:46
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަންހެނުންތަކުގެ ތެރޭގައި ހިމެނޭ ފިލްމީތަރި ކަންގަނާ ރަނައުތު އެއާފޯސް ޕައިލެޓެއްގެ ރޯލުން ފެނިގެންދާ ފިލްމު "ތޭޖަސް"ގެ ފަސްޓްލުކް ދައްކާލައިފިއެވެ.
ފިލްމުގެ ފަސްޓްލުކްގައި ކަންގަނާ ފެނިގެންދާއިރު އޭނާ ފެނިގެންދަނީ އެއާފޯސް ޕައިލެޓެއްގެ ކޮސްޓިއުމްގައެވެ. ފިލްމުގެ އެ ޕޯސްޓަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
އެ ފިލްމަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކޮށް ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެއާފޯސް ޕައިލެޓެއްގެ ރޯލު ކުޅެލަން ލިބުމުން ކަންގަނާ ބުނީ ކުޑައިރުންފެށިގެންވެސް ސޯލްޖާއެއްގެ ރޯލު ކުޅުމަކީ ހުވަފެނެއް ކަމަށެވެ. ޖުލައި މަހު ޝޫޓިން ފަށާ އެ ފިލްމަށް ކަންގަނާ ތަމްރީނުތަކެއް ހަދާނެއެވެ.
މިހާރު އޭނާ މަސައްކަތްކުރަމުން އަންނަީ ފިލްމު ތަލައިވީ ގައެވެ. އެ ފިލްމު ރިލީޒްކުރާނީ ޖޫން 26 ގައެވެ. އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.