06 Dec 2011, 17:01
ނިއުދިއްލީން: މުހައްމަދު ޝާން
ބަންގާޅު ކޮޅަށް ޓޮމް ޖައިދިން ދެ ލަނޑާއި ކެޕްޓަން ދަގަނޑޭ ޖެހި ލަނޑުން މޮޅުވެގެން ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
00:90 އިތުރު ވަގުތުގެ ކުޅުން ވެސް ހަމަވަނީ މިވަގުތު ރާއްޖެއަށް ރަނގަޅު ހިސާބަކުން ޖެހުމެއް ލިބިފައި. އަޝްފާގަށް ލަނޑު ޖަހަން ރަނގަޅު ހިސާބަކުން ޖެހުން ފޮނުވާލަނީ. އަޝްފާގު ފޮނުވާލުމާއެކު ރާއްޖެ މޮޅުވެގެން ނިމިއްޖެ.
http://www.sun.mv/albums/l_2689.jpg
00:90 ފާސިރު ވަރަށް ބޮަޑަށް މަސައްކަތްކޮށް ފޮނުވާލި ބޯޅަ ބޭރަށް.
00:90 މިތުން ރާއްޖޭގެ ގޯލަށް ނުރައްކާކޮށް ހަމަލާއެއް ފޮނުވާލައިފި.
00:90 އަޝްފާގަށް ލިބުނު ފުރުސްތު ބަންގާޅުގެ ދެކުޅުންތެރިން ވެގެން ބޭކާރުކޮށްލައިފި. މިހާރު ވަގުތު ހަމަވެ އިތުރު ހަތަރު މިނެޓް ދައްކައިފި.
00:89 ބަންގާޅުގެ ކުޅުންތެރިޔަކަށް ނިޔާޒް އަނެއްކާވެސް ފައުލް ކޮށްފި.
00:89 މިނަތީޖާގައި އޮވެ މެޗު ނިމިއްޖެ ނަމަ ގުރޫޕްގެ އެއްވަނަ ރާއްޖެއަށް ލިބޭނެ. މިހާރު ނިޔާޒާއި މައުމޫނު ބޯޅައަށް މަަސައްކަތްކޮށް ނިޔާޒު ފައުލް ކޮށްފައި.
00:87 ބަންގާޅުގެ މިތުންނަށް ރީނދޫ ކާޑު ދައްކައިފި.
00:85 ބަންގާޅުން ބަދަލެއް ގެނެސްފި. ރާއްޖޭގެ އަކުރަމަށް އަނިޔާވެފައި.
00:85 ސެންޓޭގެ ބާރު ހަމަލާއެއް ވެސް ބޭރަށް.
00:82 ބޮކްރީގެ ހަމަލައެއް ގޯލް މަތިން ބޭރަށް.
http://sun.mv/albums/l_2699.jpg
00:81 ޝިފާން އެކަނި އަރައި ގޯލަށް ޖަހަނިކޮށް ބަންގާޅު ކީޕަރު ދިފާއުކޮށްފި. ރާއްޖޭގެ އޮއްޕޮ ބޭލުމަށް ފަހު ފާސިރު ކުޅެން ނުކުމެއްޖެ.
00:79 ބަންގަޅުން ފުލުފުލުގައި ދެ މަހަލާ ދީފި. އިމާރާން ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފައުކޮށްފައި.
00:77 ބަންގާޅުން ނުރައްކާތެރި ހަމަލައެއް ދީފި. ހަމަލާ ދިނީ ތޯހިދު
00:75 ބަންގާޅުގެ މަހުމޫދު ބާލައިފި.
00:74 އަޝްފާގު ހުހަށް އަރައި އޮއްޕޮއަށް ދިން ބޯޅަ ޖެހުމުން ބަންގާޅުގެ މައުމޫން ނާކާމިޔާބު ކޮށްލައިފި.
00:73 ބަންގާޅުން ނަސްރުﷲ ހަމަލާ އުފައްދަން މަސައްކަތް ކުރަނީ. މަހުމޫދު ގޯލް އޭރިއާތެރެއަށް ވަދެފައި ވަނިކޮށް ރާއްޖެއިން ދިފާއުކޮށްފި.
00:72 ރާއްޖޭގެ ކުޅުން މަޑުމަޑުން ރަނގަޅުވާން ފަށައިފި. މިވަގުތު އަޝްފާގު ވެއްޓިފައި.
00:69 އަޝްފާގު ކީޕަރު ކަޓުވާލުމަށް ފަހު ލަނޑު ޖަހައިފި. ލަނޑުޖަހާފައި ވަނީ ބަންގާޅުގެ ދިފާއީ ފާރުހެ ހުރިހާ ކުޅުންތެރިން ކަޓުވައި ކީޕަރު ވެސް ކަޓުވައިލުމަށްފަހު. ބަންގާޅުގެ ކުޅުންތެރިޔަކަށް ރީނދޫ ކާޑެއް ދައްކައިފި. ކާޑު ދެއްކީ މަހުމޫދަށް.
00:68 ބަންގާޅުގެ ނަސްރުﷲ ފޮނުާލި ބޯޅައިގައި ބާރެއް ނެތް.
00:68 މަތީނު ބޯޅައާއެކު ވަންނަން އުޅެނިކޮށް އައްސަދު ފައުލުކޮށްފި.
http://sun.mv/albums/l_2698.jpg
00:66 އިއްސޭ ބޭލުމަށް ފަހު ނިޔާޒު އަރުވައިފި.
00:64 ބޮންޑާ ފައުލް ކުރުމުން ބަންގާޅަށް ޖެހުން. ފަހު ހާފު މުޅިން ވެސް ކޮންޓްރޯލް ކޮށްފައި ވަނީ ބަންގާޅު. ބަންގާޅުގެ ޖެހުން ފޮނުވާލައިފި. ނަމަވެސް ފުރުސަތު ގެއްލިއްޖެ.
00:64 ރާއްޖޭގެ ގޯލަށް ހަމަލާ ދިނުމުގައި ބަންގާޅުގެ ދިފާއީ ކުޅުންތެރިން ވެސް މިހާރު ބައިވެރިވާން ފަށައިފި. މިފަހަރު ވެސް ބަކާ ކޯނަރަކަށް ބޭރުކޮށްލައިފި.
00:63 ބަންގާޅުގެ މަތީން ދިން ހަމަލައެއް އަކުރަމް ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފި. ކޯނަރުގައި މިތުން ވަނީ ހަމަލާ ދޭން މަސައްކަތްކޮށްފައި.
00:61 ބަންގާޅުގެ މަތީނާއި މިތުން އެކުވެގެން ހަމަލާ ރާވައިފި. ނަމަވެސް އެއްވެސް ކުޅުންތެރިޔަކު ކައިރިއަކު ނެތް.
http://sun.mv/albums/l_2693.jpg
00:58 ބަންގާޅަށް ޖެހުމެއް. ޝާހިދުލް އާލަމް ވަންނަނީ ރާއްޖެއިން ފައުލްކޮށްފި، ކުޑައައްޓޭގެ ބަދަލުގައި ޝިފާން ނެރުނު ނަމަވެސް އަދި ކުޅުމަކަށް ބަދަލެއް ނާދޭ.
00:58 އޮއްޕޮ ހުހަށް ވަންނަނީ. އަޝްފާގު ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކޮށްފި. ހަމަލާ އުފައްދައި ދިނީ އޮއްޕޮ.
00:58 ބަންގާޅުން ވެސް ކުޅުންތެރިޔަކު ބަދަލު ކޮށްފި. ރާއްޖޭގެ ޝާފިއުއަށް ރީނދުލެއް ދައްކައިފި.
00:57 ރާއްޖޭގެ މެދުތެރެ ރޫޅެމުން ދިޔަ ދިއުން ހުއްޓުވުމަށް ތޯރިގު ބޭލުމަށް ފަހު ޝިފާން ކުޅެން ނެރެފި.
00:55 އަޝްފާގު ހުހަށް ވަދެ ޓޮމް އަށް ބޯޅަ ދިނުމުން ފުރުސަތު ނަގާލައިފި.
00:55 މިވަގުތު ވެސް ރާއްޖޭގެ ހާފުތެރޭގައި ބަންގާޅު ކުޅެނީ. ރާއްޖޭގެ މެދުތެރެ ވަނީ ވަރަށް ބޮޑަށް ހާއަޅާފައި.
00:54 ބަންގާޅަށް ޖެހުމެއް. އިއްސޭ އަށް ރީނދޫ ކާޑެއް.
00:52 ރާއްޖޭގެ އަތުން ކޮންޓްރޯލް ގެއްލެމުން ދަނީ. ބަންގާޅުން އަނެއްކާވެސް ހަމަލަދީފި.
http://sun.mv/albums/l_2696.jpg
00:51 ރާއްޖޭގެ އިއްސޭ އަށް ރަނގަޅު ފުރުސަތެއް ތަނަވަސް ވާންދަނިކޮށް ބަންގާޅު ކީޕަރު ދިފާއުކޮށް. ރާއްޖޭގެ މެދުތެރެއިން ދިފާއު ކުރުން ވަނީ ބަލިކަށިވެފައި.
00:51 ރާއްޖެ އަށް ޖެހުމެއް.
00:49 ބަންގާޅު ހަމަލއެއް ދިފާއުކޮށް އަކުރަމް ކޯނަރަކަށް ބޭރުކޮށްލައިފި.
00:48 ބަންގާލަށް ކޯނަރެއް. ޝާހިދުލް އާލަމް ނަގައިދިން ކޯނަރުން ވަނީ ނުރައްކާ ކޮށްފައި. މިވަގުތު ބަންގާޅަށް ޖެހުމެއް ލިބިގފައި.
00:47 އަނެއްކާ ވެސް ބަންގާޅުގެ މައުމޫން ހަމާދެނީ އޮއްޕޮ ފައުލް ކުރުމުން ބަންގާޅަށް ޖެހުމެއް.
http://sun.mv/albums/l_2695.jpg
00:46 ބަންގާޅުން ހަމަލާ އުފައްދަނީ، އޮފް ސައިޑް
00:46 ދެވަނަ ހާފު ފެށުމަށް ކުޅުންތެރިން ނުކުމެއްޖެ. ބަންގަޅުން މެޗު ފަށައިފި
http://sun.mv/albums/l_2694.jpg
މެޗް އެނަލިސްޓް އިސްމާއިލް ޒަރިޔަންދު: ފުރަތަމަ ހާފްފެށުމުގައި ދިވެހިންގެ ކުޅުން ރަނގަޅުކޮށް، މިހާފްގެ ގިނަވަގުތު އަޅުގަނޑުމެން ހިތްހަމަ ޖެހޭފަދަ ކުޅުމެއް ކުޅެމުން ދިޔަނަމަވެސް، ބަންގާޅުގެ ކަނާތްފަރާތުން ތަކުރާރުކޮށް ދިވެހިޓީމަށް ނުރައްކާކޮށް ނަތީޖާގެ ތަފާތު މިވަނީ ކުޑަކޮށްފައެވެ. އަދި މެޗްގެ 40 ވަނަ މިނެޓުން ފެށިގެން ބަންގާޅު ވަރަށްބޮޑަށް މެޗްތެރެއަށް ވަދެ ހާފްނިމެންދެން ގޭމް ކޮންޓްރޯލް ކުރިއެވެ. މިހާފްގައި ދިވެހިންގެ ކަނާތްފަރާތުން ގިނަ ހަމަލަތަކެއް ދީ ދެގޯލްޖެހުމުގެ މަގުފަހި ކޮށްފައިވުމުން، އެޓީމުގެ ކަނާތްފަރާތު ބެކަށް ކުޅުނު ޖާރޒީ ނަމްބަރު 4 މިވަނީ ވާތްފަރާތު ބެކަށް ބަދަލުކޮށް ދިފާޢު އެޖެސްޓްކޮށްފައެވެ.
ހާފު ނިމިއްޖެ
http://sun.mv/albums/l_2690.jpg
00:45 ބަންގާޅުން ގިނަ ހަމަލާތަކެއް އުފެއްދޭތޯ ވަރަށް މަސައްކަތް ކުރޭ. ހާއްސަކޮށް މިތުންގެ ކުޅުން ވަނީ ފަހަގަ ކުރެވިފައި.
00:45 މިވަގުތު ބަންގާޅުން ހަމަލަތައް ދެމުން ދަނީ.
00:45 ބަންގާޅަށް ކޯނަރެއް ލިބިއްޖެ، އިތުރު ވަގުތު ތިން މިނެޓް ދައްކައިފި.
00:44 ރާއްޖެއަށް ދެންމެވެސް ފުރުސަތެއް ތަނަވަސްވި އެކަމަކު ޓޮމް މާ ބޮޑަށް ލަސްވުމުގެ ސަބަބުން ބޭނުމެއް ނުކުރެވުނު.
00:41 ބަންގާޅުން ހަމަލައެއް އުފައްދަން އުޅުމުގެ ތެރޭގައި ބޭރުވެއްޖެ.
00:39 ބަންގާޅުން ދެންމެ ދިން ނުރައްކާތެރި ހަމަލާ ވަނީ ނާކާމިޔާބުވެފައި. ރާއްޖޭގެ ކީޕަރު އިމްރާން ލަސް ކުރާ ކަމަށް ބަލައި ރެފުރީ ވަނީ ވާހަކަ ދައްކާފައި. މިވަގުތު އިމްރާން އިނީ އިށީނދެގެން. ފަރުވާ ދެނީ.
ޒަރިޔަންދު: މިހާތަނަށް ރާއްޖެއިން ވާތް ފަރާތުން މޮޅަށް ކުޅެ ހަމަލާ އުފައްދަމުންދާތީ ބަންގާޅުން ވަނީ ދިފާއަށް ބަދަލުތަކެއް ގެނެސްފައި"
00:38 ރާއްޖޭގެ ޓޮމް އަށް ނުރައްކާތެރި ފައުލެއް ބަންގާޅުގެ ކެޕްޓަން ކޮށްފި. އޭގެ ފަހުން އަޝްފާގަށް އޭގެ ފަހުން ބޯޅަ ލިބުނު އިރު ވަނީ އޮފްސައިޑް ވެފައި.
00:35 އަޝްފާގު ފޮނުވާލި ރީތި ބޯޅަ ކީޕަރު ކޯނަރަކަށް ބޭރުކޮށްލައިފި. ކޯނަރު ނަގައިދިނީ އިއްސޭ. އެތަނުން ޓޮމް ހަމަލާއެއް ދިން. ބަންގާޅަށް ވަނީ އަނެއްކާވެސް ރީނދޫ ކާޑެއް ދައްކާފައި.
http://sun.mv/albums/l_2692.jpg
00:32 އަޝްފާގު ބަންގާޅުގެ ދިފާއީ ކުޅުންތެރިން ތަޅާލުމަށް ފަހު ނަގައިދިން ބޯޅަ ދިފާއުކޮށް ބޭރަށް. އަޝްފާގު މައިތިރި ކުރުމަށް ޓަކައި ބަންގާޅުން ފައުލްތައް ދަނީ ކުރަމުން، މމިވަގުތު ރާއްޖެއަށް ޖެހުމެއް ލިބައި.
00:32 ރަޒާއުލް ކަރީމަށް ރީނދޫ ކާޑެއް ދައްކައިފި. އޭގެ ފަހުން ރާއްޖެއިން ވެސް ވަނީ ހަމަލާއެއް ދީފައި. އަނެއްކާ ބަންގާޅުގެ ކުމާރަށް ވެސް ރީނދޫ ކާޑު ދައްކައިފި.
00:29 ބަންގާޅަށް ކޯނަރެއް ލިބިއްޖެ، މިތުން ނަގައިދިން ބޯޅަ ބަންގާޅުގެ ކުޅުންތެރިޔަކު ފޮނުވާލުމުން ގޯލަށް ވަދެވެ އިނދާ ބޭރު ކުރުމުން ދެ ވަނަ ކޯނަރެއްގައި ޝާހިދުލް އާލަމް ވަނީ ބަންގާޅަށް ލަނޑު ޖަހައިދީފި. ޝާހިދު ލަނޑު ޖެހީ ދެވަނަ ކޯނަރަކުން ލިބުނު ފުރުސަތެއްގައި، ލަނޑު ޖެހި އިރު ރާއްޖޭގެ ކުޅުންތެރިން އުޅުނީ ހިނގާފައި.
00:28 ކުޅުމުގެ އޮއިވަރު ބަދަލުވެ، މިހާރު ފެންނަނީ ލަސް ކުޅުމެއް.
00:27 ބަންގާޅަށް ލިބުނު ރަނގަޅު ފުރުސަތެއް ނަގާލައިފި.
00:25 ބަކާ ކުޅެން ނުކުމެއްޖެ. ކުޅުމުގެ ތެރޭގައި އަޝްފާގު ދެންމެ ވަނީ ނުރައްކާތެރި ހަމަލައަކަށް މަގު ފަހިކޮށްފައި.
ނަމާދު ވަގުތު
00:21 ބަންގާޅުން ނުރައްކާތެރި ހަމަލައެއް ރާވާފައިި. މިހާރު ރާއްޖޭގެ ބަކާ ވެއްޓި ކުޅުން މެދުކެނޑިފައި.
ޒަރިޔަންދު: "ބަންގާޅަށް ދެން މެޗު ތެރެއަށް ވަަނުން ވާނީ ވަރަށް އުނދަގޫ ކަމަކަށް. އެއަށް ވުރެ ދިވެހި މެދުތެރޭގެ ރޭވުން ވަނީ ވަރުގަދަކޮށް ބަދަހިކޮށް"
00:19 އުމޭރު ހަމަލާއެއް އުފައްދައިފި.
http://sun.mv/albums/l_2689.jpg
00:15 ބަންގާޅުގެ ތިން ކުޅުންތެރިން ނައްޓާފައި އަޝްފާގު ނަގައިދިން ބޯޅަ ހުހަށް ހުރެ ގޯއްލަށް ވައްދާލީ ޓޮމް. މި ގޯލު ރަނގަޅު ވަގުތު ރަނގަޅު ތަނުގައި ހުރެ ޓޮމް ޖެހި ނަމަވެސް ހުރިހާ ވެސް ޝުކުރެއް ހައްގީ އަޝްފާގަށް އޭނާ ވަނީ މޮޅަށް ކުޅެ ބަންގާޅުގެ ދިފާއީ ފާރު ކޮށި އަރުވާލާފައި.
00:15 ރާއްޖެއަށް ލިބުނު ޖެހުމެއް އުމޭރު ފޮނުލައިފި. ބަކާ އަށް ލިބުމުން ޖެހި ބޯޅައިގައި ބާރެއް ނެތް.
00:14 ބަންގާޅު ހާފުގައި ރާއްޖެ ކުޅެނީ. ހަމަލާއެއް އުފައްދަން އިއްސޭ ކުރި މަސައްކަތް ބަންގާޅުގެ މަހުމޫދު ނާކާމިޔާބު ކޮށްލައިިފި
00:13 ކުޅުން ތަންކޮޅެއް ބޮޑަށް ލަސްވެ، ބަންގާޅުން ތަންކޮޅެއް ކުޅުން ރަނގަޅުކޮށްފި.
00:11 ބަންގާޅުގެ ސުޖާން އަށް ރީނދޫ ކާޑު ދައްކައިފި. އުމޭރުން އަނެއްކާވެސް ހަމަލާ އުފައްދައިފި. އޭގެ ފަހުން ބަކާ ވަނީ ހުހަށް ވަދެ ހުރަސް ނަގާފައި. ހުރަސް ދިޔައީ މާ މަތިން ބޭރަށް.
00:11 ބަންގާޅުން ކުޅުން ރަނގަޅުކޮށް ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަނީ. ޓޮމް ކުށެއް ކުރުމުން ބަންގާޅުން ޖެހުން ޖެހިފައި.
00:09 ބަކާއަށް ރީނދޫ ކާޑެއް ދައްކައިފި. ރާއްޖޭގެ ކުޅުން ފެންނަނީ އަވަސްކޮށް، މިވަގުތު އިމްރާން ގޯލް ކުރިމަތިން ޖަހަނީ
00:08 އޮއްޕޮގެ ބާރު ހަމާލާއެއް ހުހަށް އަރަ ޖެހުމުން ކޯނަރަކަށް ބޭރަށް.
00:05 އުމައިރު ނަގައިދިން ހުރަހެއްގައި ބޮލުންން ޖަހައި ޓޮމް ވަނީ ރީތި ލަނޑެއްޖަހައި ރާއްޖެއަށް ލީޑު ހޯދައިދީފައި. ބަންގާޅުގެ ދިފާއަށް ވެސް ތޯރިގު ހުއްޓުވަން ކުރެވުނު ކަމެއް ނެތް. އަޝްފާގު ރަސް ނަގައިދީފައި ވަނީ ވަރަށް މޮޅަށް.
00:05 އޮއްޕޮ ދެންމެ ވަނީ ރަނގަޅު ކުޅުމެއް ދައްކާ ހަމަލާއެއް އުފައްދާން މަސައްކަތްކޮށްފައި. އަދި ފެންނަނީ ދެޓީމް ހަމަހަމަކޮށް. ޓޮމް ލަނޑު ޖަހައިފި
00:04 ބަންގާޅުގެ ނާސިރު ނަގައިދިން ރީތި ހުރަހެއްގައި ބަންގާޅަށް ވަނީ ދެންމެ ފުރުސަތެއް ތަނަވަސްވެފައި.
00:04 އަޗްފާގު ގޯލް އޭރިޔާތެރެއަށް ވަދެ ހަމަލާ އުފައްދަނިކޮށް ވައްޓާލައިފި. އެކަމަކު ދެއްކީ ޕްލޭ އޮންއަކަށް. މިވަގުތު ވަނީ އަޝްފާގު ފައުލްކޮށްފައި.
00:02 ބަންގާޅަށް ޖެހުމެއް. ބަންގާޅުގެ މިތުންގެ ހަމަލާއެއް ރާއްޖެ ދިފާއުކޮށްފި.
00:02 ބަންގުލަދޭޝް އަށް ލިބުނު ފުރުސަތުގައި އޮފޮ ސައިޑް، އިއްސޭ ނަގައިދިން ރީތި ހުރަސް ޓޮމް އަށް ބޭނުމެއް ނުކުރެވުނު
00:01 މެޗު ފަށައިފި
17:30 ދެ ޓީމް ދަނޑުމަތީގައި އެތުރިއްޖެ، މެޗު ފަށަނީ ރާއްޖެއިން
17:24 ދެ ގައުމުގެ ގައުމީ ޓީމްގެ ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ. ގައުމީ ސަލާމް ކުޅެނީ.
17:22 ދެޓީމް ކުޅުންތެރިން ވެސް މިވަގުތު ވޯމް އަޕް ކުރަމުން އެބަދޭ
http://sun.mv/albums/l_2684.jpg
ދެހާސް ނުވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގެ މެޗްތަކުގައި ރާއްޖޭގެ ފެށުން ދިޔައީވެސް ވަރަށް މޭބޮޑުވާ އުޞޫލަކުންނެވެ. މިއަހަރުގެ މުބާރާތުގެ ޤްރޫޕް މަރުޚަލާ ވެސް މިދަނީ މިފަދަ ގޮތަކަށެވެ. ރާއްޖެ މިމަރުޚަލާގައި ނޭޕާލް އާއި ޕާކިސްތާނާއި އެކު ކުޅުނު މެޗްތަކުން މޮޅުނުވެ ނިންމާލެވުނު ނަމަވެސް، މިއަހަރުގެ މުބާރާތުގައި ދެމިއޮތުމަށާއި، ސާފް ޗެމްޕިޔަންޝިޕްގެ ގްރޫޕް މަރުޚާލާގައި އަދި މިހާތަނަށް ފެއިލްވެފާ ނުވާ ރެކޯޑް ދެމެހެއްޓުމަށް، މި އަދު ބަންގާޅު މެޗުން ބަންގްލަދޭޝް އަތުން މޮޅުވާން މިވަނީޖެހިފަ އެވެ.
~
މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގައި މައްސަލަތަކެއް ކުރިމަތިވި ބަންގާޅު ފުރަތަމަ މެޗްގައި ޕާކިސްތާން އާއި އެކު ކުޅެއެއްވަރުވެ ނޭޕާލް އާއި އެކު ކުޅުނުމެޗްގައި ވަރަށް ރަނގަޅަށް ކުޅުނު ނަމަވެސް މެޗްގެ އެންމެ ފަހު މިނެޓްކޮޅުތެރޭ ނޭޕާލްގެ ގޯލަށް އޮއްސާލި ބޯޅައަކުން ބަލިވެ މިހާރު ސެމީފައިނަލަށް ކޮލިފައިވުމަށް އޮތް ހަމައެކަނި މަގަކީ މިއަދުގެ މެޗުގައި ރާއްޖެ ބަލިކުރުމެވެ.
http://sun.mv/albums/l_2685.jpg
ދިވެހިރާއްޖޭގެ ލަފާކުރާ 11
އިމްރާން މުޙައްމަދު
ޝާފިޢު
އަކްރަމް
އައްސަދު
އުމައިރް
އިސްމާޢީލް
އާރިފް
ސަމްވީލް
ފަޒީލް
އަޝްފާޤް
ތޯރިޤް
ބަންގްލަދޭޝްގެ ލަފާކުރާ 11
މަމުން
ނާސިރުލް
ސޫޖަން
އާރިފުލް
ކަރިމް
ޕީ. ދާސް
ޝާހެދް
އަލްމް
އަނިކް
ކޮމޮލް
އަމެލީ
ބަންގާޅު ކުޅުމަށްބަލާއިރު، މުބާރާތުގެ ކުރިން އިވުނު އަޑުތަކަށްވުރެ އެޓީމުގެ އާކޯޗް ނިކޮލާ އިލެވިސްކީގެ އެދުރުކަމުގެ ދަށުން ކުޅެމުންދާ ކުޅުން ވަރަށް ރަނގަޅެވެ. މިމެޗްގައި ބަންގާޅުން ބޭނުންކުރާނޭ މުހިންމު ހަތިޔާރަކީ ދިވެހިންގެ ވަރުގަދަ މެދުތެރެ އާއި ނުރައްކާތެރި ހަމަލާވެރިންގެ ކިބައިން ދިފާޢުކުރާ ބޯޅަތަކުން ކައުންޓާ އެޓޭކް އުފައްދައިގެން ދިވެހި ދިފާޢަށް ނުރައްކާކުރުމެވެ. ދިވެހިންގެ ކުޅުމަށް ބަލާއިރު މިމެޗްގައި ރާއްޖޭގެ މެދުތެރެއިން ބޯޅަ ހިފެހެއްޓުމާއި މިމުބާރާތުގައި އަދި މިހާތަނަށް ނުފެންނަފަދަ އަމާޒުހިފޭ ގޮތަކަށް ދިވެހި ހަމަލާވެރިންނަށް ގޯލްޖެހުމަށް ފަހިވާފަދަ ޕާސްތައް މުހިންމެވެ.