ނެޓްފްލިކްސްގެ ހިޓް ޝޯ "ސްޓްރޭޖާ ތިންގްސް" ހަތަރު ވަނަ ސީޒަނަކަށް އެނބުރި އަންނާނެ ކަމަށް ނެޓްފްލިކްސް އިން ކަށަވަރުކޮށްދިނުމާއެކު އިންތިޒާރުކުރީ އެ ސީރީޒް ދައްކަން ފަށާނެ ދުވަހަކަށެވެ.

ތިން ވަނަ ސީޒަން ނިމުނުއިރު ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ އިން އެންމެ ބޮޑު އެއް ސުވާލަކީ ހޮޕާ މަރުވީ ހެއްޔެވެ. ސީރީޒްގެ ޓީޒާ ޓްރެއިލާއެއް މިހާރު ދައްކާލައިފައިވާއިރު އެ ޓީޒާއިން ހޮޕާ ފެނެއެވެ. އެއާއެކު ސްޓޭންޖާ ތިންގްސް ގެ ފޭނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

އެ ޝޯގެ ހަތަރު ވަނަ ސީޒަން ރިލީޒްކުރާނެ ތާރީހެއް ނެޓްފްލިކްސް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވާހަކަ ދެކެވޭ ގޮތުގައި އެ ޝޯ ހަތަރު ވަނަ ސީޒަން އަންނާނީ އަހަރުގެ ފަހުކޮޅުގައެވެ.