އަނެއްކާވެސް ސްނޯކްލިންއަށް ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 9:40 ހާއިރުއެވެ. ފުލުހުން ބުނީ، މިއަދު އއ. މާޔާފުށި ކައިރީގައި އޮތް ސަފާރީއަކުން ސްނޯކްލިިންއަށް ދިޔަ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި ވަނީ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސްނޯކްލިއަންއަށް ދިޔަ މިހާރު މިރޭ މަރުވެފައިވާއިރު، އިއްޔެވެސް ވަނީ ސްނޯކްލިންއަށް ދިޔަ މީހަކު މަރުވެފައެވެ. އިއްޔެ މަރުވެފައި ވަނީ، އއ. މަޑިވަރު ބޭރަށް ސްނޯކްލިންގްއަށް ދިޔަ 23 އަހަރުގެ ޒުވާނަކެވެ.