ރ. އުނގޫފާރުގެ މިސްކިތެއްގެ ފަންޑު ފޮށި ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 05:10 ކަންހާއިރު އުނގޫފާރުގައި ހުންނަ މަސްޖިދުލް ތަގްވާ މިސްކިތުގެ ފަންޑު ފޮށި ހަލާކުކޮށްލައިގެން ފަންޑު ފޮށިން ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުގެ އެ ފޮށިން އެއްވެސް ފައިސާއެއް ގެއްލިފައިނުވާ ކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނި އިތުރަށް ތަހުގީގް ކުރަމުންނެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އަލީ "ސަން" އަށް މިރޭ ވިދާޅުވީ ފަންޑު ފޮށި ހަލާކުކޮށްލަން މީހަކު އުޅުނީ ކަށިގަނޑެއް ބޭނުންކޮށްގެން ކަަމަށާއި ނަމަވެސް މަސައްކަތު މީހަކަށް އެ މަންޒަރު ފެނުނީ ކަމަށެވެ.

އެހެންކަމުން އެއްވެސް ފައިސާއެއް ނުގެންދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މީހަކު މިހާތަނަށް ހައްޔަރުނުކުރާ ކަމަށެވެ.