ރައީސްގެ ކާރުކޮޅު މައްޗަށް ފެން އެއްޗެއް ބަންޑުންކޮށްލި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ކާރު ކޮޅު މައްޗަށް ހެންވޭރުގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓްއަކުން ފެން އެއްޗެއް ބަންޑުންކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު ރައީސްގެ ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަމަށެވެ.

އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

މިއަދު ހެނދުުނު ރައީސް އުޅުއްވީ އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ހަރަކާތުގެ ތެރެއިން ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތުގަ އެވެ.