ދަރިވަރުންގެ ތައުލީމީ ނަތީޖާ އިތުރަށް ރަނގަޅު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ފަރާތަކީ ޓިއުޝަން ސެންޓަރުތަކެވެ. މާލޭގައި ޓިއުޝަން ނަގައިދޭ މިފަދަ އެކި ނަންނަން ކިޔާ، ބައިވަރު ތަންތަން އެބަހުއްޓެވެ.

ޒަމާނާއެކު ޓިއުޝަން ނަގައިދޭ ފީތައް ބޮޑުވެގެން އައި ނަމަވެސް، އަގުތަކަށް އެއްވެސް ބަދަލެއް ނާންނަ އެއް ތަން އެބަހުއްޓެވެ. މީގެ 16 ވަރަކަށް އަހަރު ކުރިން ހުޅުވި މި ތަނަކީ މި ދާއިރާގައި އެންމެ ދޮށީ މަރުކަޒެވެ. އެންމެން ވެސް ދަންނަ އެޓްލަސް ޓިއުޝަން/ލާނިން ސެންޓަރެވެ.

ހަރުދަނާ ސިޔާސަތުތައް ތަންފީޒު ކުރުމާއެކު ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން އުނގަންނައިދޭ މި މަރުކަޒު، މިފަދަ އެހެން ތަންތަނާ ވަރަށް ވެސް ތަފާތެވެ. އެޓްލަސް ތަފާތުވާ ކަމަކީ ބައެއް ތަންތަނުން އެއް މާއްދާއަށް ނަގާ އަގުގައި އެޓްލަސްއިން މުޅި ސްޓްރީމް ކަވަރުކޮށްދޭތީ އެވެ.

އެޓްލަސްގެ ޕެކޭޖުތަކާއި އަގުތައް

  • ގްރޭޑް 7 އަދި 8ގެ ދެ ސްޓްރީމް: 6 މާއްދާއަށް ޖުމުލަ 1500ރ

  • ގްރޭޑް 9 އަދި 10ގެ ދެ ސްޓްރީމް: 7 މާއްދާއަށް ޖުމުލަ 2000ރ
  • ވަކިން އެއް މާއްދާއަށް: 400ރ

އެޓްލަސްއިން ޓިއުޝަން ނަގައިދެނީ ކޮންމެ ގްރޭޑަކުން ވެސް ޖުމުލަ 30 ކުދިންނަށެވެ. ބެލެނިވެރިންގެ ބޮޑު ތަރުހީބަކާއެކު އާންމުކޮށް އެޓްލަސްގެ ޖާގަ ފުރިފައި އޮތަސް، ކްލާސްރޫމްތަކުން ޖާގައިގެ ދަތިކަމެއް ފާހަގަ ނުކުރެވެ އެވެ. ކްލާސްރޫމެއްގައި ކިޔައިވައިދެނީ ޖުމުލަކޮށް 12-15 ވަރަކަށް ކުދިންނަށެވެ.

އެޓްލަސް ލާނިން ސެންޓަރު

އެޓްލަސްގެ ތައުލީމީ މަދަދު ފޯރުކޮށްދެނީ ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް އެކަންޏެއް ނޫނެވެ. ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމުގައި ވެސް އެއީ ހަމަ އެއްވަނަ އެވެ. އެޓްލަސްގެ އިނގިރޭސި ބަސް ދަސްކޮށްދޭ ކޯސްތައް ބަހާލާފައި އޮންނަނީ ހަތަރު ދަރަޖައަކަށެވެ. އެއީ ބޭސިކް، ލެވެލް 1، ލެވެލް 2 އަދި އޯ'ލެވެލް އެވެ.

ގަވާއިދުގެ ބައި ވެސް ހިމަނައިގެން ކުރިއަށްގެންދާ އެ ކޯސްތަކުގެ ތެރެއިން ކޮންމެ ކޯހަކަށް ވެސް 450 ރުފިޔާގެ މަހު ފީއެއް ނަގާއިރު، އޯ'ލެވެލް ފިޔަވައި އެހެން ކޯސްތަކުގެ ދިގު މިނަކީ ހަ މަސް ދުވަހެވެ. އޯ'ލެވެލް ކޯހުގެ ދިގުމިނަކީ އެއް އަހަރެވެ.

އޯ'ލެވެލް ކޯހަކީ އޯ'ލެވެލްއަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނާއި އޯ'ލެވެލްގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ބައިވެރިވާން ރަނގަޅު ކޯހެކެވެ. ބޭސިކްއިން ފެށިގެން ދެން ހުރި ކޯސްތަކަކީ އަލަށް އިނގިރޭސި ބަސް ދަސްކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ކޯސްތަކެކެވެ.

އެޓަލްސްއަށް އެންމެ ފުރަތަމަ ދާއިރު އެއްވެސް ވަރަކަށް އިނގިރޭސި ބަހުން މުއާމަލާތް ކުރަން ނޭނގޭ ފަރާތްތައް މި ކޯސްތައް ފުރިހަމަކޮށްލައިގެން ވަރަށް ފަރިތަކަމާއެކު އިނގިރޭސި ބަހުން ވާހަކަ ދައްކާލެވޭނެ އެވެ. މި ކޯސްތަކުގެ ގަޑި ބަހާލާފައި ހުންނަނީ ރޭގަނޑު 21:00 އާއި 23:00އާ ދެމެދުގަ އެވެ.

އެއްވެސް ކުލާހެއް ކެންސަލް ނުވާނެ ކަމުގެ ޔަގީންކަން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސާބިތުކޮށްދީފައިވާ އެޓްލަސްގެ ކްލާސްތައް ބަހާލާފައި އޮންނަނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 21:00 އާ ދެމެދަށެވެ. މިއީ ކިޔަވާ ކުދިންގެ އިތުރުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތާވަލަށް ވެސް ބުރޫ ނާރާ ފަދަ ވަގުތުތަކެވެ.

އެޓްލަސްގައި ކިޔައިވޭ މުދައްރިސުންނާއި ލެކްޗަރާސްގެ ތައުލީމީ ގާބިލުކަމަށް ބަލާއިރު އެއީ ބެޗްލާސް ނުވަތަ މާސްޓާސް ޑިގްރީ ނަންގަވައިގެން ތިއްބެވި ބޭފުޅުންނެވެ. ދާއިރާގައި ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން ވެސް އެޓްލަސްގައި ކުދިންނަށް އުނގަންނައިދެ އެވެ.

އެ މަރުކަޒުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނެނީ ކުދިންގެ އަހުލާގީ ފެންވަރު ދެމެހެއްޓުމާއި އެކިއެކި މައްސަލަތައް ހައްލު ކުރާނެ ގޮތް އުނގަންނައިދިނުމުގެ އިތުރުން ވަކި ކުއްޖަކަށް ހާއްސަކަމެއް ނުދީ، ހުރިހާ ކުދިންނަށް ވެސް 'އިންޑިވިޖުއަލް ފޯކަސް' ދިނުމެވެ.

ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ހުއްދަ ލިބިގެން އެޓްލަސް ޓިއުޝަން ސެންޓަރު ވުޖޫދަށް އައީ 2004 ވަނަ އަހަރުގެ މާރިޗު މަހުގަ އެވެ. ލާނިން ސެންޓަރު އުފެއްދީ ޖެހިގެން އައި އޭޕްރީލް މަހުގަ އެވެ.

އެޓްލަސް ޓިއުޝަން/ ލާނިން ސެންޓަރު މިހާރު ހުންނަނީ ފަނޑިޔާރު މަގުގަ އެވެ. އެޓްލަސްގެފޭސްބުކްޕޭޖުން ވެސް އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި ޕެކޭޖުތަކާ ގުޅޭ މައުލޫމާތު ބަލައިލެވޭނެ އެވެ.

އެޓްލަސް ޓިއުޝަން ސެންޓަރުގެ ލޮކޭޝަން--

މިއަދާ ހަމައަށް މިވީ 16 އަހަރުގެ ތެރޭގައި އެޓްލަސްގެ އެހީއާއެކު ތައުލީމީ ހަޔާތް ނިންމާލި އެތައް ސަތޭކަ ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް ކުދިން މިހާރު މަތީ ތައުލީމު ހޯދައިގެން ސަރުކާރުގެ އިސް މަގާމުތަކާއި ޑޮކްޓަރުންނާއި އިންޖިނިއަރުންގެ ގޮތުގައި ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާކަން އެޓްލަސްއިން ފާހަގަކުރަނީ އުފަލާއެކުގަ އެވެ.