14 Feb 2020, 15:31
ޅ. ހިންނަވަރު ގެއެއްގެ ކައިރީ ހުރި ސައިލެއްގައި ރޯކޮށްލައިފި އެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6:12 ގަ އެވެ.
ފުލުހުން ބުނީ އެ ސައިކަލުގައި ރޯކޮށްލީ ރޭގެ ވަގުތެއްގައި ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި މައްސަަލާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.