22 Jun 2010, 15:17
19:00
ލ.ގން ތުނޑީ އަވަށު މިސްކިތުން ފައިބައިގެން ދިޔަ ދެ މީހަކަށް ސައިކަލްތަކެއްގައި ދިޔަ ގްރޫޕަކުން މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ޒުވާނަކަށާއި 20 އަހަރުގެ ޒުވާނަކަށް ކަމަށެވެ. މި މާރާމާރީގައި އެ ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކެއްގެ ލޯ ކައިރި ކަފައިގެން ގޮސް ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ދެ މީހުންނަށް ވެސް ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ އިތުރުން ވެސް މި މައްސަލައާ ގުޅުން ހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.