13 Feb 2020, 14:08
އިންޑިއާގެ ޑެއިލީ ސޯޕްތަކުން ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނު މޯނީ ރޯއި، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް އޭނާ ދަތުރުގެ ވާހަކަތަކާއި ފޮޓޯތައް ދަނީ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. އެގޮތުން އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ދުވަހެއް ކުރީން ކަމަށް ބެލެވެއެވެ.
ރާއްޖެ އައިސް އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ހެރިޓެންސް އާރަށުގައެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުތަކުން އެނގޭގޮތުގައި މޯނީ އަށް ރާއްޖޭގެ ރީތިކަން ވަރަށް ބޮޑަށް ކަމުގޮސްފިއެވެ. އަދި ރާއްޖޭގެ ރީތިކަން ގަބޫލު ނުކުރެވޭ ކަމަށްވެސް މޯނީ ވަނީ ބުނެފައެވެ.
އާންމުންނަށް މޯނީ ފުރަތަމަ ފަހަރަށް ފެނިގެން ގޮސްފައިވަނީ ސްޓާ ޕްލަސްގެ ކުރީގެ ޝޯއެއް ކަމަށްވާ "ކިޔުކީ ސާސް ބީ ކަބީ ބަހޫތީ" އިންނެވެ. ނަމަވެސް އެތައް ބައެއްގެ މެދުގައި އޭނާ މަގުބޫލުކަން ހޯދާފައިވަނީ "ނާގިން" ނަމަކަށް ކިޔާ ސީރީޒް އަކުންނެވެ.