12 Feb 2020, 11:20
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން މާލެ އާއި ހުޅުލެއާ ދެމެދު މިހާރު ދެމުންގެންދާ ބަހުގެ ހިދުމަތަށް އާ ރޫޓެއް ތައާރަފްކޮށްފި އެެވެ.
އެމްޕީއެލްއިން ބުނީ އިއްޔެއިން ފެށިގެން މާލޭގެ ކާނިވާ ސަރަހައްދުން ފެށިގެން ހުޅުމާލެއަށް ދަތުރުތައް ފަށައިފައިވާ ކަމަށެވެ.
އެ ބަސްރޫޓުގައި މަޑުކުރާ ސަރަހައްދުތަކުގެ ތެރޭގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކާނިވާ ބަސް ހުއްޓި ސަރަހައްދާއި ހެންވޭރު ވޮލީކޯޓް ކުރިމަތި ހިމެނެ އެވެ.
އޭގެ އިތުރުން އެ ރޫޓްގެ ދަށުން ހުޅުމާލެ އަސުރުމާ ހިނގުމުގައި ހުންނަ ރެޑްވޭވް ފިހާރަ ކުރިމައްޗަށާއި ހުޅުމާލެ ސެންޓްރަލް މޯލް ކުރިމައްޗަށްވެސް ބަސް ހުއްޓާނެ އެވެ.
މިދިޔަ އަހަރު ރޯދަމަހުވެސް ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ބަސް ދަތުރުތައް ފަށަން މަސައްކަތް ކުރި އެެވެ.
އެމްޕީއެލްއިން މިހާރު ބަސް ރޫޓްތައް މާލެއިން ހުޅުމާލެ އަށް ދަތުރުކުރަނީ މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކުންނެވެ.