ބްރޯޑްކާސްޓިންގް ކޮމިޝަނަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ނަން ލިސްޓުގެ ކުރީގައި، މަޝްހޫރު ޓީވީ ޕްރެސެންޓަރު ޝިފްލާ އިބްރާހިމްގެ ނަން އަނެއްކާވެސް ހިމަނައިފި އެވެ.

މީގެކުރިންވެސް ޝިފްލާގެ ނަމަށް އިސްކަންދީ ރައީސް މަޖިލީހަށް ނަން ފޮނުމުވުމުން މަޖިލީހުން ޝިފްލާއަކަށް ވޯޓެއް ނުދެ އެވެ. އެފަހަރު މަޖިލީހުން ވޯޓުދީ ފާސްކޮށްފައިވަނީ ލިސްޓުގެ ތިންވަނައިގައި އޮތް އެމްޑީޕީ އެކްޓިވިސްޓް ގދ. އަތޮޅުގެ ކުރީގެ ކައުންސިލަރު އަހުމަދު ގައިސްގެ ނަމެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަަށް އައްޔަން ކުރުމަށް ރައީސް ސޯލިހު މަޖިލީހަށް ފޮނުވި ލިސްޓުގައި 15 މީހެއްގެ ނަން ހިމެނެ އެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޝިފްލާގެ ނަމެވެ.

ރައީސް ފޮނުވި ނަންތައް ތަރުތީބުން

  • ޝިފްލާ އިބްރާހިމް
  • އައިމިނަތު އަމީނާ
  • އައިމިނަތު ނުޒުހާ
  • ސައުދާ ސަލީމް
  • މުހައްމަދު ފަޒީން
  • ޒުބައިރު އަހުމަދު
  • މޫސާ ރިލްވާން
  • އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު
  • ހުސައިން ފާއިޒް
  • އިމްރާނާ ބިންތް އަބްދުﷲ
  • އިސްމާއިލް ސާޖިދް
  • އަހުމަދު ހަލީލް
  • މުހައްމަދު ރަޝީދު އަހުމަދު
  • އަހުމަދު ފައިރޫޒު
  • އައިޝަތު އަރީފާ

އެ ލިސްޓު މިއަދު މަޖިލީހުގައި އިއްވާފައިވައި، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. މަޖިލީހުގެ ތަޅުމަށް ނަންތަކަށް ވޯޓަށް އަހަން ފޮނުވާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެ މީހުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ.