ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އަލުން ފިލްމީ ދާއިރާއަށް ނުކުންނަން އުޅޭ ކަމުގެ އުފާވެރި ހަބަރު އޭނާ ވަނީ މިދިޔަ އަހަރު ދީފައެވެ.

އެ ހަބަރާއެކު ގިނަ ބަޔަކު އިންތިޒާރުކުރީ އޭނާ ފެނިގެންދާނީ ކޮން ޝޯ/ފިލްމަކުން ތޯ ބެލުމަށެވެ. އަދި އެ ފިލްމު ދައްކާނީ ކޮން އިރަކުންތޯ ބެލުމަށެވެ. ހަބަރުތައް ބުނާގޮތުގައި ދިހަ އަހަރު ފަހުން އޭނާ ސްކްރީނަށް އަންނާނީ އާރްޔާ" ކިޔާ ޓީވީ ޝޯ އަކުން ކަމަށެވެ. އެ ޝޯ އަންނަ މަހު 29 ވަނަ ދުވަހު ދައްކާނެއެވެ. މި ޝޯ ޑައިރެކްޓް ކުރަނީ ރާމް މަދުވާނީ އެވެ.

ސުޝްމިތާ މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވި ނަމަވެސް އޭނާ ވަނީ ދެ ކުދިން އެޑޮޕްޓް ކޮށްފަ އެވެ.
ސުޝްމިތާ ފިލްމީ ދުނިޔެއާ އަލްވަދާއުކީ 2010 ވަނަ އަހަރު ނުކުތް "ނޯ ޕްރޮބްލަމް" އަށް ފަހު އެވެ.