އެގާރަ ފިރިހެނުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެެވެ.

ބަންޑުން ޖަހާލައިފައިވަނީ ނ. މިލަދޫން ހަމަ އެއަތޮޅު މަނަދުއަށް ދަތުރުކުރި ޑިންގީއެކެވެ.

ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޒާފިރު "ސަން" އަަށް ވިދާޅުވީ ޑިންގީ ބަންޑުން ޖަހާލީ މަނަދޫގެ ކަނޑިންމަ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި މިރޭ ކަމަށެވެ.

ކަނޑިންމަތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް އެތައް ފަހަރަކު އުޅަނދުތައް ބަންޑުން ޖަހާލައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިންގީގައި ތިބީ މިރަށުގައި އޮތް ފުޓްބޯޅަ މެޗެއް ކުޅެން އައި މީހުންތަކެއް. މިހާރު އެމީހުން ތިބީ ޕޮލިސް ސްޓޭޝަންގައި" ޒާފިރު ވިދާޅުވިއެވެެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އޭނާ ވިދާޅުވިއެެވެ.

އެ ޑިންގީ ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.