މިއަދު މެންދުރު ހެންވޭރު ގެއެއްގެ ހަތް ވަނަ ބުރީގެ ވައިގޮޅިން ބިދޭސީއަކު ވެއްޓި ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ ގެއެއްގެ ވައިގޮޅިން މީހަކު ވެއްޓީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 14:30 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ވައިގޮޅިން ވެއްޓި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ރައްޔިތަކަށް ކަމަށާއި، އޭނާ ވެއްޓުނީ އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލަ އިން ކަމަށެވެ.

އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.