10 Feb 2020, 08:43
އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ޕަންކްޅީ އަވަސްތީ އާއި އޭނާގެ ފިރިމީހާ ގޯތަމް ރޯޑާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އެދެތަރިން އެކުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުރުނބާ މޯލްޑިވްސްގަ އެވެ. ޕަންކްޅީ އަކީ ސްޓާ ޕްލަސް އިން ގެނެސްދެމުން އަންނަ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގައި ޕަލަވީގެ ރޯލުން ފެނިގެންދިޔަ ތަރިއެވެ.
ދެތަރިން އެކުގައި ނަގާފައިވާ ވީޑިއޯ އާއި ފޮޓޯތައް އެދެމީހުންގެ އިންސްޓަގްރާމް އެކައުންޓުގައި އަންނަނީ ހިއްސާކުރަމުންނެވެ.
ގޯތަމް މިހާރު މަސައްކަތްކުރަމުން އަންނަނީ ސަބް ޓީވީން ދައްކަމުން އަންނަ "ބާޚަރްވާދީ" ޑްރާމާ ގައެވެ.
ގޯތަމް އާއި ޕަންކްޅީ އާއި ކައިވެނި ކުރީ 2018 ވަނަ އަހަރުގަ އެވެ.