05 Dec 2011, 15:36
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަ ކުރުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހއ. މާރަންދޫއަށް ވަޑައިގެން އެރަށު ހުކުރު މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވުމަށް ފަހު މިއަދު ރައީސް ނަޝީދު ވިދާޅުވީ ޤައުމިއްޔަތެއް ބިނާކުރުމުގައި، ޢަޤީދާ ވަރުގަދަވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ޙަވާލުކުރެވޭނީ، ވަރުގަދަ ޢަޤީދާއެއްގެ މައްޗަށް ޤައުމިއްޔަތު ބިނާކުރެވިގެން ކަމަށެވެ. އަދި ވިދާޅުވީ ދީނީ ކަންތައްތައް ސަރުކާރުން ގެންދަނީ ދީނީ ދަންނަ ބޭކަލުންގެ ހެޔޮލަފާ ނަޞޭޙަތާ އެއްގޮތަށް ކަމަށާއި ސިޔާސީ ބޭނުމަކަށްޓަކައި، ދީން އެއީ، ހަތިޔާރެއް ކަމަށް، މި ސަރުކާރުން ނުހަދާނެ ކަމުގެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ރައީސްގެ ދަތުރު ފުޅުގައި ރޭ ކެލައަށް ވެސް ވަޑައިގަތެވެ. އަދި އިހަވަންދޫ، މާރަންދޫ، ތަކަންދޫގެ ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައި، އެރަށްރަށުގެ ޞިއްޙީ ޙާލަތު އޮޅުން ފިލުއްވެވި އެވެ.