09 Feb 2020, 11:51
އައްޑޫ ސިޓީ ހިތަދޫގައި ވިޔަފާރީކުރަން ބޭނުންކުރާ މަގުމަތީ ގާޑިޔަލެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ގާޑިޔަލުގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައިވަނީ ރޭ ފަތިހު 05:45 ހާއިރު ކަމަށެވެ.
ހިތަދޫގައި ހުންނަ އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލެވުނު އިރު ގާޑިޔާ ވަނީ އަނދާ ހުލިވެފަ އެވެ.
އެ މައްސަލަ ފުލުހުން ވެސް ބަލަމުން އަންނައިރު، ގާޑިޔަލުގައި އަމިއްލައަށް ރޯީޯ ކަމެއް ނުވަތަ ބަޔަކު ރޯކޮށްލީ ކަމެއް އަދި ވަނީ ކަށަވަރު ނުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފަ އެއް ނުވެއެވެ.