08 Feb 2020, 22:40
ތައިލެންޑް ސިފައިންގެ މީހަކު ބަޑިން ހަމަލާދީ އެގައުމުގެ އާންމުންގެ 17 މީހުން މަރާލައި 20 މީހުން ޒަހަމްކޮށްލައިފިއެވެ.
ތައިލެންޑްގެ ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ ތައިލެންޑްގެ ނަކްހޯން ރަޓްޗަސިމާ ކިޔާ ސިޓީއެއްގައި ކަމަށެވެ. އަދި އެ ހަމަލާ ދީފައިވަނީ ސާޖަންޓްއެެއްގެ ވަޒީފާ އަދާކުރަމުންދާ ޖަކްރަޕަންތު ތޮއްމާ ކިޔާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ ޖަކްރަޕަންތު ސިފައިންގެ ވެހިކަލެއް ވަގަށް ނެގިކަމަށާއި އަދި އޭނާ ހަމަލާ ދޭން ފެށުމުގެ ކުރިން މިއަދު ފޭސްބުކްގައި ހަމަލާދޭން އުޅޭ ކަމުގެ އިޝާރާތެއްދީ ޕޯސްޓްއެއް ކުރި ކަމަށެވެ. އޭނާ ފޭސްބުކްގައި އެންމެންވެސް މަރުގެ ރަހަ ދެކޭނެ ކަމަށެވެ.
އަދި ހަމަލާ ދޭން ފެށިފަހުންވެސް އޭނާ ފޭސްބުކްގައި ޕޯސްޓެއް ލިޔެފައިވެއެެވެ.
" އަަހަރެން މިކަން ހުއްޓާލަންވީތަ؟" ފޭސްބުކްގައި އޭނާ ލިޔުނެވެ. ނަމަވެސް ފަހުން އޭނާގެ އެކައުންޓް ފޭސްބުކްއިން ވަނީ ބްލޮކްކޮށްލައިފައެވެެ.
ޖަކްރަޕަންތު ވަނީ އެކި ހިސާބުތަކުގައި ހަމަލާ ދީފައެވެ. އޭނާ މިހާރު ޝޮޕިން ސެންޓަރެއްގައި ހުރިއިރު ބައެއް މީހުން ވަނީ ރަހީނުވެސްކޮށްފައެެވެ. ނަމަވެސް ރަހީނުކޮށްފައިތިބީ ކިތަށް މީހުންނެއްކަމެއް ނޭނގެއެެވެ. އޭނާ އަދިވެސް އަތުލައެއް ނުގަނެވެއެެވެ.
ޖަކްރަޕަންތު މީހުން މަރަމުންދަނީ ކީއްވެގެންކަމެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.