ލޯބިވެރިންގެ ދުވަހު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ "ލަވް އާޖް ކަލް"ގެ އާ ލަވައެއް ދައްކާލައިފިއެވެ.

"މެހްރަމާ"ގެ ނަމުން ނަންދީފައިވާ އެ ލަވައިގެ މިއުޒިކް ތައްޔާރުކުރީ ޕްރިތަމް އެވެ. ދަރްޝަން ރަވާލް އާއި އަންތަރާ މިތުރާގެ ހިތްގައިމު އަޑުން އެލަވަ ކިޔާފައިވާއިރު އެ ލަވައަކީ ފިލްމުގެ ލީޑު ތަރިން ކަމަށްވާ ކަރްތިކް އާރްޔަން އާއި ސާރާ އަލީ ހާން ރުޅިވެގެން އުޅުމަށްފަހު އުޅޭ ގޮތް ދައްކުވައިދޭ ލަވައެކެވެ.

ކަރްތިކްއާއި ސާރާ މިހާރު އަންނަނީ މި ފިލްމުގެ ޕްރޮމޯޝަނަލް މަސައްކަތްތައް ކުރަމުންނެވެ.

ޑައިރެކްޓަރު އިމްތިއާޒް އަލީގެ އެ ފިލްމަކީ 2009 ވަނަ އަހަރު ރިލީޒްކުރި އިމްތިއާޒްގެ ފިލްމު "ލަވް އާޖް ކަލް"ގެ ސީކުއަލެކެވެ. ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސާރާގެ ބައްޕަ ކާމިޔާބު ބަތަލު ސައިފް އަލީ ހާންއާއި ދީޕިކާ ޕަދުކޯންއެވެ. މި ފިލްމުގައި ދެ ދައުރެއް ދައްކުވައިދޭނެ އެވެ. އެއީ 2020 އާއި 1990 އެވެ.