މިހާރު ކުރިއަށްދާ އިދިކޮޅު ޕީޕީއެމްގެ ލޯކަލް ކައުންސިލް އިންތިޚާބު ޕްރައިމަރީގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕްރައިމަރީ ބާއްވާ ހުރިހާ ރަށެއްގައި ވޯޓުލުމުގެ ވަގުތު އިތުރުކުރީ މިރޭ 8:00 އާ ހަމައަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ މިރޭ 9:00 ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު މެންދުރުފަހު 2:30 ގައެވެ. ވޯޓުލުން ކުރިއަށްދަނީ ކުޅުދުއްފުށީ އަދި ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ 42 ރަށެއްގައެވެ.

އަތޮޅު ކައުންސިލާއި ދެ ސިޓީ ކައުންސިލް ހިމެނޭ ގޮތުން ޖުމްލަ 134 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. ޕީޕީއެމްއިން ބުނީ ޕްރައިމަރީ ބާއްވަނީ 66 މަގާމަށް ކަމަށެވެ.