މާލޭ މަގުމަތީގައި ހުރި އަންހެނެއްގެ ގަޔަށް ކުޅުޖެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މަގުމަތީގައި ހުރި އަންހެނެގެ ގަޔަށް، ހިނގާފައި ދިޔަ މީހަކު ކުޅުޖަހާފައިވާ މައްސަލައެއް މިއަދު 13:59 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަންހެން ކުއްޖެއްގެ ގަޔަށް ކުޅުޖަހާފައިވަނީ ކޮން ހިސާބެއްގައި ކަމެއް އަދި ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ޗާންދަނީމަގު ސަރަހައްދުން، މާފަންނުގައެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.