07 Feb 2020, 10:08
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ފަރްހާން އަޚްތަރު 46، އާއި އޭނާގެ ލޯބިވެރިޔާ އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި މޮޑެލް ޝިބާނީ ދަންޑެކާރު، 39، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ދެ ފަންނާނުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ފަރްހާން އޭނާގެ އިންސްޓަގްރާމަށް ލާފައި އިން ވީޑިއޯ އަކުން އެދެތަރިން ތިބީ ރާއްޖޭގައި ކަމަށް އެނގެއެވެ.
ހަބަރުތައް ބުނާގޮތުގައި ފަރްހާން އާއި ޝިބާނީ އަންނަނީ ކައިވެނިކުރުމަށް ތައްޔާރުވަމުންނެވެ.
ފަރްހާން ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. ދެހާސް ވަނަ އަހަރު ފަރްހާން، އަދުނާ ބަބާނީ އާ ކައިވެނިކޮށް ވަނީ އެދެމަފިރިންނަށް ދެ ދަރިން ވެސް ލިބިފަ އެވެ. އެ ދެމަފިރިންގެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުގަ އެވެ.
ފަރްހާންގެ މިހާރުގެ ލޯބިވެރިޔާ ޝިބާނީ މީގެ ކުރިން ކައިވެންޏެއްކޮށްފައެއް ނުވެ އެވެ.