ބޮލީވުޑްގެ އެކްޓަރު އަރްމާން ޖެއިން 29، ކައިވެނިކޮށްފިއެވެ.

އަރްމާން ކައިވެނިކޮށްފައިވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަނީސާ މަންގާއީއާއެވެ. އަރްމާން އަކީ ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކަރީނާ ކަޕޫރުގެ ދެބޭންގެ ދެދަރި ކޮއްކޮ އެވެ.

ކައިވެނި ހަފްލާ ވަރަށް ބޮޑުކޮށް ބޭއްވިއިރު އެ ހަފްލާގައި ވަނީ ގިނަ އެކްޓަރުން ބައިވެރިވެފައެވެ. އަދި އިންޑިއާގެ ނުފޫޒުގަދަ ގިނަ ވިޔަފާރިވެރިންވެސް ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.

އަރްމާން ވަނީ 2014 ގައި "ލޭކަރް ހަމް ދީވާނާ ދިލް" ކިޔާ ފިލްމެއްގައި ވެސް ހަރަކާތްތެރިވެފައެވެ. އޭނާ އަކީ ރިޝީ ކަޕޫރާއި ރަންދީރު ކަޕޫރުގެ ކޮއްކޮ ރީމާ ކަޕޫރުގެ ދަރިފުޅެވެ.