06 Feb 2020, 08:40
އާއިލީ ފަންކްޝަނެއްގައި ބައިވެރި ވާން ދިއްލީއަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް ހާލަތު ގޯސްވެ އެޑްމިޓް ކުރި ބޮލީވުޑްގެ ތަރި ރިޝީ ކަޕޫރު ދޫކޮށްލައިފި އެވެ.
އުމުރުން 67 އަހަރުގެ އެކްޓަރު ހޮސްޕިޓަލުން ދޫކޮށްލުމާއެކު ވަނީ ވަގުތުން މުމްބާއީ އަށް އައިސްފައެވެ. ރިޝީ ކުރި ޓްވީޓެއްގައި ބުނީ ޕޮލިއުޝަންގެ ސަބަބުން އޭނާގެ ހާލަތު ދަށްވެ އިންފެކްޝަން އުފެދުނު ނަމަވެސް މިހާރު ބަލި ހާލަތު ރަނގަޅު ކަމަށެވެ.
ކެންސަރު ބައްޔަށް ފަރުވާ ކުރަން އަހަރެއްހާ ދުވަހު ނިއުޔޯކުގައި ހުރެފައި މިދިޔަ ސެޕްޓެމްބަރު މަހު ރިޝީ ވަނީ ކެންސަރު ބަލިން ސަލާމަތްވެ އެނބުރި އިންޑިއާއަށް އައިސްފައެވެ.
ރިޝީ ވަނީ ބޮލީވުޑްގެ ފިލްމަކަށް ވެސް މިހާރު ސޮއިކޮށްފައެވެ. އެއީ އޭނާގެ ދަރިފުޅު ރަންބީރު ކަޕޫރުގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދުކޯން އާއެކު ފެނިގެންދާ ފިލްމު "ދަ އިންޓާންސް" އެވެ. އެ ފިލްމަކީ ރީމޭކެކެވެ.