06 Feb 2020, 09:19
ހޮލީވުޑް ފްރެންޗައިޒް "ބޭޑް ބޯއީސް"ގެ ހިންދީ ރީމޭކެއް ގެނެސްދޭނެ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.
ރޯހިތު ބުނީ ބޭޑް ބޯއީސްގެ ހިންދީ ރީމޭކެއް ގެނެސްދިނުމަކީ އަބަދު ވެސް ބޭނުންވާ ކަމެއް ކަމަށާއި އެއީ އޭނާގެ ހުވަފެނެއް ކަމަށެވެ. އަދި އެ ފްރެންޗައިޒް އަކީ އޭނާ އަށް އެންމެ ކަމުދާ ފްރެންޗައިޒް ކަމަށް ވެސް ރޯހިތު ބުންޏެވެ.
މި ފިލްމުގެ ކާސްޓުން ވެސް މިހާރު ފައިނަލް ކޮށްފައިވާ ކަމަށާއި ކާސްޓުން އިއުލާންކުރާނީ އަދި ފަހުން ކަމަށް ރޯހިތު ބުންޏެވެ. ރޯހިތު ބުނީ 2011 ވަނަ އަހަރު ސޮނީ ޕިކްޗާޒް އެންޓަޓައިންމަންޓްގެ އިސް ވެރިންނާ ބައްދަލުކޮށް މި ފިލްމުގެ ރީމެއްކެއް އުފެއްދުމުގެ މަޝްވަރާތަކެއް ވެސް ކުރެވުނު ކަމަށެވެ.
ބައެއް ހަބަރުތައް ބުނާގޮތުގައި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ރަންވީރު ސިންހް އާއި އަކްޝޭ ކުމާރެވެ.
"ބޭޑް ބޯއީސް"ގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 1995 ގައެވެ.