04 Dec 2011, 19:41
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި މިއަދު ނޭޕާލާ ދެކޮޅަށް ބަންގްލަދޭޝް ކުޅުނު މެޗް 1-0 ލަނޑުން ނޭޕާލޫން ކާމިޔާބު ކޮށް ގްރޫޕްގައި ހަމަޖެހިލައިފި އެވެ.
ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިޔަމްގައި މިއަދު ރާއްޖެ ގަޑިން 2:30 ގައި ކުޅުނު މިމެޗުގައި ނޭޕާލުން ބަންގްލަދޭޝް ކޮޅަށް ލަނޑުޖެހީ މެޗްގެ އެންމެ ފަހު ވަގުތުކޮޅުގަ އެވެ. އ ެލަނޑު ނޭޕާލަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާގަރް ތާޕާއެވެ. އަދި މެޗް މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.
http://sun.mv/albums/l_2621.jpg
މެޗްގެ ފުރަަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެޓީމްކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ވަނީ ލިބިފައެވެ. އެގޮތުން ދެ ވަނަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ނޭޕާލަށް ލިބުނު ނަމަވެސް، ބަންގްލަދޭޝްގެ ގޯލްކީޕަރު ވަނީ ނޭޕާލްގެ ނުކައްކާތެރި ބޯޅަތައް ދިފާއުކޮށްފަ އެވެ.
މެޗަށްފަހު ނޫސްވެރިންނާ ވަހަކަ ދައްކަމުން ބަންގަލަދޭޝްގެ ކޯޗް ނިކޮލާއި ބުނީ، މެޗްގެ ދެ ވަަނަ ހާފަށްވުރެ ، ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ކުޅުން ރަނގަޅު ކަމަށެވެ. އަދި ޖުމްލަކަޮށް މެޗްގައި ޓީމް ދެކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށް ވެސް ކޯޗް ބުންޏެވެ.
"އަހަރެންގެ ޓީމްގެ ކުޅުން ރަނގަޅު. ރެފްރީގެ ނިންމުންތައް ރަނގަޅެއ ްނޫން. ހުރިހާ ކުޅުންތެރިން ކުރި މަސައްކަތައް އަހަރެން ތައުރީފް ކުރަން "ބަންގްލަދޭޝްގެ ކޯޗް ބުންޏެވެ.
http://sun.mv/albums/l_2611.jpg
ނޭޕާލްގެ ކޯޗް ގްރަހަމް ރޮބެޓެސް ބުނީ، މެޗްގެ ހީރޯ އަކީ ނޭޕާލް ޓީމުގެ ކެޕްޓަން ސާގަރް ކަމަށާއި އަދި މެޗް ނިމެންދެން ނޭޕާލްގެ ސަޕޯޓަރުން ޓީމަށް އެދިން ސަޕޯޓަކީ ޓީމްގެ ކުޅުންތެރިންނަށް ލިބުނު ކާމިޔާބީއެެއް ކަމަށެވެ. އަދި މެޗުން މޮޅުވުމުން ނޭޕާލަށް އިތުރު ހިތް ވަރެއް ލިބުނު އިރު، ނޭޕާލް ޓީމް އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ގައި ކަމަށް ރޮބެޓްސް ބުންޏެވެ.
ރޮބެޓްސް ބުނީ، ގްރޫޕްގެ އެއް ވަނާގައި ނޭޕާލް ޓީމް އޮތަސް، ގްރޫޕްގައި ހިމެނޭ ދިވެހި ރާއްޖޭގެ ޓީމަކީ ގޮތް ނޭނގޭ މޮޅު ޓީމެއް ކަމަށާއި ރާއްޖޭގެ ކުޅުމަކީ މޮޅު ކުޅުމެއް ކަމަށެވެ. އަދި ރާއްޖެ ޓީމުގެ ނުރައްކާތެރި ފޯވާޑާއި އެޓީމްގެ ދިފާއީ ބާރަކީ ނޭޕާލް ޓީމަށް ހުރި ބިރެއް ކަމަށް ވެސް ރޮބެޓްސް ބުޏެވެ.
މިއަދުގެ މެޗުން ބަންގްލަދޭޝް ބަލިވިއިރު، އެޓީމަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.