22 Jun 2010, 10:37
14:30
ސިޔާސީ ބޭފުޅުންގެ އަގު ވައްޓާލުމަށްޓަކައި، އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ގެންގުޅުއްވަނީ އަމިއްލަފުޅު ސިޔާސަތެއް ކަމަށް ވިދާޅުވެ އެ ސިޔާސަތު ބަދަލު ނުކުރައްވައިފިނަމަ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވައި މިނިސްޓަރުކަމުން ވަކި ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު ބައެއް މެންބަރުން މިއަދު އިންޒާރު ދެއްވައިފި އެވެ.
ސްކޫލްތަކުގައި ދިވެއްސާއި އިސްލާމް ކިޔަވައިދިނުމަށް ލާޒިމް ކުރުވުމަށްޓަކައި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ ގަރާރަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން ގެންދަނީ ސިޔާސީ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަންތައް ހުއްޓާލައި މިނިސްޓްރީގެ މަސައްކަތް ރަނގަޅު ކުރުމަށް ވެސް އެ މެންބަރުން ގޮވާލެއްވި އެވެ.