ދިއްލީގެ ނެހުރޫ ސްޓޭޑިއަމުން: މުހައްމަދު ޝާން

ޒަރިޔަންދު : " ނޭޕާލް މެޗާ މިމެޗާ އަޅާ ކިޔާކަށް ނުޖެހޭ، ލަފާ ކުރި ގޮތަށް ޕާކިސްތާނުން މި ކުޅުނީ، މި މެޗަކީ ހަތަރު ހުސް ފުރުސަތު ލިބި ނަތީޖާ ނުނެރިވިދިޔަ މެޗެއް، ފުރަތަމަ ހާފުގައި ކުޅުނު ގޭމެއް ރާއްޖެއަކަށް ނުކުޅެވުނު"


ގުރޫޕް ބީގައި ޕާކިސްތާނާއި ރާއްޖެ ކުޅުނު މެޗު ހަމަހަމަވެގެން ނިމިއްޖެ އެވެ.

http://sun.mv/albums/l_2639.jpg

00:90 މެޗު ނިމިއްޖެ، ރާއްޖެ 0 -ޕާކިސްތާން 0

އިތުރު ވަގުތުގެ އެންމެ ފަހުވގުތުކޮޅުގައި ދަގަނޑޭ ފޮނުވާލި ބޯޅަ ބޭރަށް

00:90 އިތުރު ވަގުތު ތިން މިިނެޓް ކުޅެފި. އޮއްޕޮ ފޮނުވާލި ބޯޅަ ޕާކިސްތާނު ކީޕަރު ދިފާއުކޮށްފި.

- ޒަރިޔަންދު: "މިހާރު ފެންނަނީ މެޗުގެ ވަގުތު ނަގާލާތަން"

00:90 އިތުރު ވަގުތު ދެ މިނެޓް ކުޅެފި، މާ ބޮޑު ކުޅުމެއް ނެތް، ޕާކިސްތާނުން ފެންނަނީ މި ނަތީޖާގައި ނިންމާލަން މެޗް ލަސްކުރަމުންދާތަން. މިވަގުވެސް ޓޮމް އަށް ތަނަވަސްވި ފުރުސަތު ކީޕަރު ދިފާއުކޮށްފި.

00:90 ޕާކިސްތާނުގެ ކުޅުންތެރިއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ. އޭނާއަށް އަނިޔާވީ އަޝްފާގުގެ ހަމަލާއަކުން. މިހާރު 90 މިނެޓް ހަމަވެ ހަތަރު މިނެޓް ދައްކައިފި.

00:88 ޓޮމް އުފައިދިން ރަނުގެ ފުރުސަތު އަޝްފާގު ވަނީ ނަގާލާފައި. އަލުން ކުޅުން ފަށައިފި.

00:86 ޕާކިސްތާނުގެ ކުޅެނީ. ޕާކިސްތާނަށް ޖެހުން. ޕާކިސްތާނުން ކުރިއަރަނީ މަތިން ނަގައިދިން ބޯޅަށް އިމްރާން ދިފާއުކޮށްފި އޭގެ ފަހުން އަޝްފާގަށް ހުހަށް ލިބި ބޭކާރުކޮށްލައިފި.

00:83 ބަކާ ބަލާފައި އަޑުބަރޭ ކުޅެން ނުކުމެއްޖެ. ޕާކިސްތާނުގެ ކުޅުްނތެރިޔަކަށް އަނިޔާވެފައި، ރާއްޖޭގެ ބޮކްރީއަށް ރީންދޫ ކާޑު ދައްކައިފި

00:83 ރާއްޖެ އަށް ލިބުނު ހިލޭޖެހުން ބޭރަށް.

އިޝާ ނަމާދު ވަގުތު:

00:79 ރާއްޖެއަށް ލިބުނު ފުރުސަތު ނަގާލައިފި.

http://sun.mv/albums/l_2630.jpg

00:77 ޕާކިސްތާނުން ހަމަލާ ދެނީ. ފަރުހާދަށް ދިފާއު ނުކުރެވިދާތަން ފެންނަނީ. ޕާކިސްތާނަށް ލިބުނު ފުރުސަތު ޓޮމް ދިފާއުކޮށްފި.

00:76 ޕާކިސްތާނުގެ ކުޅުންތެރިޔަކަށް ފަރުވާ ދެނީ. ކުޅުން މެދު ކެނޑިފައި.

00:74 ރާއްޖެއަށް ކޯނަރެއް. ޕާކިސްތާނުން ދިފާއުކޮށްފި.

ޒަރިޔަންދު: "ފުރަތަމަ ހާފުގައި ކުޅުމާ ހިލާފަށް މިހާރު މިފެންނަނީ މަތިން ބޯޅަ ކުޅޭތަން . ރާއްޖެއިން ޖެހެނީ ކުރީ ހާފުގެ ކުޅުމަށް އެނބުރިދާން. މިހަރު މިއޮތް ކުޅުމުގައި ޕާކިސްތާނުން ފުރުސަތު ހޯދޭނެ،"

00:73 ރާއްޖޭގެ ދިފާއުން ހެދި މިސްޓޭކެއްގައި ޕާކިސްތާނުން ނުރައްކާތެރި ދެ ހަމަލާ ދީފި. ގޯލަކަށް ނުވެދިޔައީ ފައިގައި ބޯޅަ ލައްވައި ނުލައިގެން.

00:72 ޕާކިސްތާނުގެ ކުޅުންތެރިން ހުސްކޮށް އަރައި ޖެހި ބޯޅަ ކީޕަރު އިމްރާނަށް.

00:71 އައްބާސް ރާއްޖޭގެ އޮއްޕޮއަށް ފައުލްކޮށްފި، މިހާރު އަޝަފާގު ވަންނަނީ.

00:69 ބޮކްރީ އުފެއްދި ހަމަލައެއްގައި އުމޭރު ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކޮށްފި ބޯޅަ ފޮނުވާލާފައި ވަނީ 35 ޔާޑު ދުރުން.

00:68 ރާއްޖޭގެ އޮއްޕޮ ދަނޑުމައްޗަށް ވެއްޓިފައި. އޭނާއަށް ފަރުވާ ދެނީ. އޮއްޕޮ ދަނޑުން ފައި ބަނީ ފަރުވާ ހޯދުމަށް، އޮއްޕޮއަށް ފައުލް ކުރީ އަދުނާން.

00:67 ރާއްޖެއިން ކުރި ފައުލަކަށް ޖެހުން ފޮނުވާލަނީ އަދުނާން. ބޯޅަ ދިފާއު ކުރީ ޓޮމް، ވަރަށް ރީތި ހިލޭ ޖެހުމެއް.

00:63 އިއްސާ ހުރަސް ނަގައިދީފި ތޯރިގުވެސް ވަދެއްޖެ މިހާރު ދަގަނޑޭ އާއި އުމޭރު ގުޅިގެން އުފެއްދި ހަމަލާ ބޭރުކޮށްލައިފި. ނިޔާޒު ކުޅުން ނުކުމެއްޖެ. ފޭބީ އިސްމާއިލް މުހައްމަދު

ޒަރިޔަންދު - :މިހާރު މިފެންނަނީ ޕާކިސްތާނުން ދިފާއީ ކުޅުންތެރިންތަކެއް މެދަށް ނެރޭތަން ، އަދި ރާއްޖެއިން ހަމަލާދޭ ކުޅުންތެރިން އިތުރު ކުރާތަން"

00:63 ޕާކިސްްތާނުގެ އައްބާސް ފައުކޮށް ރާއްޖެއަށް ޖެހުމެއް. ކުޅުން ފަށައި ހަމަލާދޭން މަސައްކަތް ކުރަނީ އިއްސޭ.

00:59 ޕާކިސްތާނުގެ އިނގިރޭސި ކުޅުންތެރިޔާ އާތިފު ބަޝީރު ބަދަލުކޮށް އަންސާރު ނެރެފި. އޭނާ ފެނުނީ ފުރަތަމަ ހާފުގައި ވެސް ބުރަހެލިކޮށް އަދި މިހާފުގައި މުޅިން ވެސް އުޅުނީ ހިނގާފައި.

00:58 ޕާކިސްތާނުގެ އައްބާސާއި ޝާކިރުގެ ނުރައްކާ ދަނީ ބޮޑުވަމުން. މިޙާރު އިސްމާއިލް ކުރި އަރާއި ބޮންޑާއަށް ދިނުމުން ފޮނުވާލި ބާރު ބޯޅަ ކީޕަރު ދިފާއުކޮށްފި.

ޒަރިޔަންދު - "ދެ ވަނަ ހާފަށް ބަލާއިރު ޕާކިސްތާނު އަންނަނީ ރަނގަޅު ވަމުން. އެމީހުން ކުޅުން ވެސް ރަނގަޅުކޮށްފި. އެހެންނަމަވެސް ދެންމެ ބޮންޑާއަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް"

00:58 އަޝްފާގު ތިރިތިރިން ބޯޅަ ފޮނުވާލައިފި. އެކަމަކު ބާރެއް ނެތް. މިހާރު ފަރުހާދާއި ބަކާ ކުރި އަރަނީ ނަމަވެސް އާތިފު ބަޝީރު ދިފާއުކޮށްފި.

00:57 ރާއްޖޭ އޭރިޔާ ތެރެއިން އަހުމަދު މުހައަމަދު އެއްލައިފި. ސައްދާމް ހަމަލާ އުފައްދަނީ. އެކަމަކު ފަރުހާދު ދިފާއުކޮށް ބަކާއަށް ދީފި. މިހާރު ޓޮމް ކުރިއަރަނީ.

00:57 ޓޮމް އަށް ދެންމެ ފަރުހާދު ތަނަވަސްކޮށްދިން ފުރުސަތުގައި ޓޮމް ވަނީ ލަސްވެފައި.

00:56 ޕާކިސްތާނުން ވަރަށް ބޮޑަށް ނުރައްކާކުރަމުން އެބަދޭ. މިހާރު ދަގަނޑޭ އާއި އިއްސޭ ދޭން އުޅުނު ހަމަލާ ބޭރަށް.

00:55 ޕާކިސްތާނުން ގެނައި ބަދަލާއެކު ރަނގަޅަށް ކުޅެން ފަށައިފި. ސައްދާމް ދެންމެ ވަނީ ހަމަލާއެއް ވެސް ދީފައި.

http://sun.mv/albums/l_2628.jpg

00:53 ރާއްޖެއިން ބޯޅަ ކޮންޓްރޯލް ކުރި ނަމަވެސް އެކަށީގެންވާ ހަމަލާއެއް ނުއުފެއްދޭ. މިވަގުތު ޕާކިސްތާނުން ވެސް ހަމަލާތައް އުފައްދަން މަސައްކަތް ކުރޭ. ބަދަލު ކުޅުންތެރިޔާ ޝާކިރު ފެންނަނީ ނުރައްކޭތެރިކޮށް.

00:51 ފަރުހާދު ކުރި އަރަނީ، ބޮންޑާ އާއި އުމޭރު ގުޅިގެން ހަމަލާ އުފައްދަނިކޮށް ސައްދާމް ދިފާއުކޮށްފި. ޕާކިސްތާނުގެ ޖަދީދު ހާންގެ ބަދަލުގައި ޝާކިރު އަރުވައިފި.

00:50 ކޯނަރުގައި އޮއްޕޮ ފޮނުވާލި ބޯޅަ މާމަތިން ބޭރަށް.

00:50 ފަރުހާދު ވަރަށް ރަނގަޅު ކުޅުމެއް ފެންނަމުން އެބަދޭ. ދަގަނޑޭ ވަންނަނިނިކޮށް ގަމަރު ހާން ކޯނަރަކޮށް ބޭރުކޮށްލައިފި

00:47 އަޝްފާގު ތަންކޮޅެއް ބޮޑަށް ކުޅުމާ ބައިވެރިވެ، ހަމަލާދޭން މަސައްކަތް އެބަކުރޭ ފަރުހާދު ނެގި ބޯޅަ އަޝްފާގު ފޮނުވާލުމުން ކޯނަރަކަށް ބޭރުވެއްޖެ. އެބޯޅަ އޭގެ ފަހުން ޓޮމް ފޮނުވާލި ބޯޅައިގައި ބާރެއް ނެތް.

00:47 ޓޮމް ބޯޅައާއެކު ވަން ނަމަވެސް ކީޕަރު ބޯޅަ ހޯދައިފި. އޭގެ ފަހުން އާތިފު ބަޝީރު ވަނީ ރާއްޖޭގެ ގޯލަށް ހަމަލައެއް ދީފައި.

00:47 ކުޅުން ފަށައިފި. ފަރުހާދު ވަނީ ކުޅެން ނުކުމެފައި.

ދެޓީމްގެ ކުޅުންތެރިން ވެސް ދެވަނަ ހާފަށް ދަނޑަށް ނުކުމެއްޖެ. ބަދަލު ކުރީ ޝާފިއު

http://sun.mv/albums/l_2629.jpg

ޒަރިޔަންދު – "އަޅުގަނޑަކަށް ނުވިސްނޭ ދިފާއީ ބަދަލެއް ގެންނަން ޖެހޭ ސަބަބެއް. އެކަމަކު މެދުތެރެއަށް އުމެރޭ ޖައްސާ ކަމަށް ވަންޏާ އެހެން ބަދަލެއް ގެނައުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑަށް ލަފާ ކުރެވެނީ އުމޭރު މެދުތެރެއަށް ލުމަށް ރާވަނީ ކަމަށް. ޕާކިސްތާނަށް ބަލާއިރު އެމީހުންގެ އިނގިރޭސި ކުޅުންތެރިތޔާ އާތިފު ބަޝިރުގެ ކުޅުމެއް ނުފެނު. ފަހަރުގައި އޭނާ ބަދަލު ކުރުން އެކަށީގެންވޭ. އަދި އޭނާގެ ޕޮޒިޝަން ބަދަލު ކުރުން ވެސް އެކަށީގެނެވޭ. އެގޮތުން ސައްދާމް ކުރިޔަށް ޖައްސައި ދަގަނދޭ ކައިރިއަށް އާތިފު ބަޝީރު ލުމަކީ ވެސް އެކަށީގެންވޭ"
~
ދިއްލީން: ޝިމްރީ – ޖުމްލަ ގޮތެއްގައި ރާއްޖޭގެ ޓީމް ފުރަތަމަ މެޗާ އަޅާ ބަލާއިރު ރާއްޖެއިން ރަނގަޅު ކުޅުމެއް ދައްކައިފި. ޕާކިސްތާނުން ފެނުނީ ދިފާއަށް އިސްކަންދީ ވަރަށް ބޮޑަށް ފިޒިކަލްކޮށް ކުޅޭތަން. ރާއްޖެއިން ފަރުހާދު އާއި ޖަމީލު ވޯމް އަޕް ކުރަމުން އެބަދޭ، ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް

ޒަރިޔަންދު: ފުރަތަމަ ހާފުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރީ ރާއްޖެ، އެކަމަކު ޕާކިސްތާނުން ވެސް ނުރައްކާ ކުރި، ޕާކިސްތާނުގެ އުކުޅުތައް ބޮޑަށް މިފެންނަނީ ދިފާއަށް އިސްކަން ދީފައި ވަނިކޮށް، ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ކޮންފިޑެންސް ލިބިފައި. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދިފާއީ ކުޅުންތެރިންނަށް ފަސޭހެ ކަމާއެކު ކުޅެލެވޭނެ ފުރުސަތު ވަނީ ލިބިފައި. ޕާކިސްތާނުން ފަހަތަށް ސަމާލުވެފައި އޮތުމުން ރާއްޖެއަށް ވަރަށް ފުރުސަތު ބޮޑު. އެ ފުރުސަތުތައް ލިބޭ ކަމަށް ވަންޏާ ގޯލް ޖަހާނެ ފުރުސަތު ލިބޭނެ.


00:45 މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ.

00:45 އަޝަފާގު ވައްޓާލައިފި. ރާއްޖޭގެ ކުޅުންތެރިން ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަނީ. ބޮންޑާ ފޮނުވާލި ބޯޅަ ކީޕަރަށް.

00:44 ޕާކިސްތާނުގެ ކީޕަރަށް ފަރުވާ ދެނީ. އިތުރު ވަގުތު ދެމިޓް ދައްކައިފި

ޒަރިޔަންދު - ޕާކިސްތާނުގެ ކުޅުންތެރިން ކުޅެމުން ދަނީ ވަރަށް ބޮޑަށް ދިފާއަށް ވިސްނައިގެން

00:42 އޮއްޕޮ ވަރަށް ދުރުން ޝޫޓް ކުރި ބޯޅައެއް ބޭރަށް. ވަރަށް ބާރަށް އޮއްޕޮ ވަނީ ޖަހާފައި. މަސައްކަތް ވަރަށް ރަނގަޅު. ޕާކިސްތާނުގެ ކީޕަރަށް އަނިޔާވެ ކުޅުން މެދުކެނޑިފައި.

00:42 ޓޮމް ބޯޅައާއެކު ވަދެވެދެ އޮއްވާ ޕާކިސްތާނުގެ އިސްހާގު ދިފާއުކޮށްފި.

00:41 އިސްމާއިލް ހުރަސްކޮށްދިން ފުރުސަތު ޓޮމް ހުސްކޮށް ހުރެ ކީޕަރު އަތަށް

ޒަރިޔަންދު - ކުޅުންތެރިއެއްގެ ގައި ޖެހިފައި ޓޮމް އަށް ލިބުނީ އެހާ ފަސޭހައެއް ނުވާނެ ޖަހާކަށް.

http://sun.mv/albums/l_2627.jpg

00:40 އޮއްޕޮގެ ބާރު ހަމާލާއެއް ބޭރަށް.

00:38 އަދުނާނު ވަންނަނީ ޕާކިސްތާނު ޖަދިދު ހާން ބޮލުން ގޯލަށް ވައްދާލި ބޯޅަ އޮފްސައިޑް.

ޒަރިޔަންދު - އަދުނާނަށް މާ ގިނައިން ދަނީ ފުރުސަތު ލިބެމުން. ފުރަސަތު ލިބުމަކީ ވަރަށް ބޮޑަށް ރިސްކެއް.

00:38 ޕާކިސްތާނުން އެއްލި ބޯޅަ އާތިފު ބަޝީރު ހަމަލާއަށް އަރައިން ޖެހި ބޯޅަ އިމްރާނަށް.

00:36 ޕާކިސްތަނުގެ ރިޒްވާން ހޯދައިގެން ދަގަނޑޭ ތިން ކުޅުންތެރިން ކަޓުވާލުމަށް ފަހު ދަގަނޑޭ ފައުލްކޮށްފި.

00:36 ކުޅުމުގެ ތެރެއިން އައްސަދު ބޯޅަ ކޮންޓްރޯލް ކުރަނިކޮށް ޖަދީދު ހާން ހޯދައި ހަމަލާ އުފައްދަނީ.

00:34 އަޝްފާގަށް ހަމަލާދީ ވައްޓާލައިފި. މިފަހަރު ވެސް ހަމަލާ ދިނީ ސައްދާމް. ޖޯޒީ ނަމްބަރު ވިހި ސައްދާމް ފެންނަނީ ވަރަށް ފިޒިކަލްކޮށް، ރާއްޖޭގެ ޖެހުން ކީޕަރަށް.

00:33 ޓޮމް ވަރަށް ރަނގަޅު ބޯޅައެއް ބޮންޑާއަށް ދީފި. ބޮޑަށް ފެންނަނީ ރާއްޖެ ކޮންޓްރޯލް ހޯދާފައިވާތީ.

00:32 ސެޓް ޕީސްތަކުގައި ރާއްޖެއަށް ތަނކޮޅެއް ފަސޭހަ ކަމަށް ފެނޭ. އެހެން ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުމެއް އަދި ނުހިފޭ.

00:32 ދަގަނޑޭ ހަމަލާ ދެނިކޮށް ޕާކިސްތާނުގެ ކަމަރުހާން ކޯނަރަކަށް ބޭރުކޮށްލައިފި. ކޯނަރު ނަގަނީ އިއްސޭ. ބަކާ އުފައްދައިިން ފުރުސަތުގައި އަކުރަމަށް ފޮނުވާލެވުނީ މާ މަޑުން.

00:28 ޕާކިސްތާނުގެ އިނގިރޭސި ކުޅުންތެރިޔާ އަދުނާން ޖެހި ޖެހުމުން ވަނީ ބަރަށް ބޮޑަށް ނުރައްކާ ކޮށްފައި. ސައްދާމް ޖެހި ބޯޅަ ދިޔައީ މަތިން.

00:27 ޕާކިސްތާނުން ވެސް ވަނީ ހަމަލާތަކެއް އުފައްދާފައި. ބަކާ ފައުލްކޮށްފި، ރާއްޖޭ ހާފުން

ޒަރިޔަންދު: ރާއްޖޭގެ ޓީމް ޕާސްކޮށްގެން ރަނގަޅަށް އެބަކުޅޭ. ރާއްޖޭގޭ ޓީމް އަދި ފެންނަނީ ރަނގަޅަށް.

00:26 ރާއްޖެއިން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެވޭތޯ މަސައްކަތް ކުރަނީ.

00:26 ރާއްޖެއިން ކޯނަރެއް ނަގައި ފުރުސަތުގެ ބޭނުމެއް ނުހިފުނު.

މަޣުރިބު ނަމާދު ވަގުތު:

00:21 ބޮންޑާ ޕާކިސްތާނު ހާފުގެ ތެރެއަށް ވަދެ ދިން ހަމަލައަކަށް ފަހު ޕާކިސްތާނުގެ ޖަދިދު ހާނު ވެސް ހަމަލާއެއް އުފައްދައިފި. އެބޯޅަ ވަނީ އިމްރާން ދިފާއުކޮށްފައި. އޭގެ ފަހުން ޕާކިސްތާނުގެ އައްބާސް ވެސް ވަނީ ރަނގަޅު ހަމަލައެއް އުފައްދާފައި.

00:20 އަޝްފާގު ޖެހި ބޯޅަ ބޭރަށް. ބޯޅަ ދިޔައީ މާމަތިން.

00:19 ޕާކިސްތާނުގެ ކުޅުންތެރިން އަތްލައިގެން ޖެހުން ރާއްޖެއަށް. މުހައްމަދު އަތްލުމުން ރާއްޖެއިން ޖަހަނީ އަޝްފާގު. ގިނަ ކުޅުންތެރިންތަކެއް އެބަތިބި.

00:18 ބޮންޑާ ނަގައިދިން ރަނގަޅު ބޯޅައެއް ޕާކިސްތާނުގެ ކެޕްޓަން އަދި ކީޕަރު ދިފާއު ކޮށްފި.

00:15 ދަގަނޑޭ ފުރުސަތެއް ތަނަވަސް ކުރުމަށް މަސައްކަތް ކުރަނީ. އެކަމަކު ނޭޕާލްގެ ޖަދީދުގެ އުނދގުލުން ސަލާމާތެއް ނުވެވުނު. މިވަގުތު ބޯޅަ ރާއްޖޭގެ ހާފުގައި.

00:15 އިސްމާއިލް މުހައްމަދު އަރިމަތިން ހަމަލާ އެފެއްދޭތޯ މަސައްކަތް ކުރަނީ. އިތުރު ކުޅުންތެރިއެއް ނެރުމުން ފުރުސަތު ގެއްލިއްޖެ.

00:14 ޖެހުން ޖަހަނީ އުމޭރު. އުމޭރު ފޮނުވާލި ބޯޅަ އަރިމަތިން ބޭރު. އެހިސާބަކީ އޭނާ ގޯލަށް ޖަހާ ހިސާބު.

00:13 ދަގަނޑޭ އަށް ސައްދާމް ވަނީ ފައުލް ކޮށްފައި ޕާކިސްތާނު ހާފުގެ ތެރެއިން ޕާކިސްތާނުގެ ސައްދާމުގެ ކިބައިން ފެންނަނީ ވަރަށް ފިޒިކަލް ކުޅުމެއް. ސައްދާމަށް ރީނދޫ ކާޑު

00:12 ރާއްޖޭގެ ދަގަނޑޭ ވަންނަނިކޮށް ކީޕަރު ޖަފާރު ހާން އަތުލައިފި . ދަގަނޑޭ ޕާކިސްތާނުގެ ދެކުޅުންތެރިން ކައިރިން ނައްޓައިލި

ޒަރިޔަންދު - ދިވެހި ޓީމް ހަމަޖެހިގެން ބޯޅެ ހިފެހެއްޓޭތޯ މަސައްކަތް އެބަކުރޭ އެއީ ރަނގަޅު ސިގުނަލެއް

00:11 ރާއްޖޭގެ މެދުތެރެއިން ބަކާގެ ކުޅުން ފާހަގަ ކުރެވޭ.

00:09 ނުވަ މިނެޓް ކުޅުނު އިރު ރާއްޖެއިން ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަނީ. ނަމަވެސް ޕާކިސްތާނުގެ ފިޒިކަލް ކުޅުމާ ހެދި މާ ބޮޑު ކާމިޔާބެއް ނުހޯދޭ، ޕާކިސްތާނުގެ ސައްދާމްގެ ވަރުގަދަ ކުޅުން ވަރަށް ބޮޑަށް ފަހަގަ ކުރެވޭ.

00:06 ބޮންޑާވެސް ހަމަލައެއް ދީފި. ޕާކިސްތާނުގެ ސައްދާމު ހުސައިން ވަނީ ފައުލްކޮށް ބޮންޑާ ހުއްޓުވާފައި. އުމެއިރު ފޮނުވާލި ޖެހުމުގައި ޓޮމް ނުރައްކާކޮށްފި.

ޒަރިޔަންދު - ޕާކިސްތާނުން ފެންނަނީ ވަރަށް ފިޒިކަލް ކުޅުމެއް.

00:06 ބަކާ ޖެހި ޖެހުމުގައި ރަނގަޅު ހަމައެއް ނުުއުފެއްދުނު. ދެޓީމުން ވެސް ފެންނަނީ ހަމަހަމަ ކުޅުމެއް. ޕާކިސްތާނުން ވަރުގަދަ ހަމަލާއެއް ދީފި. ބޭރަށް.

00:05 ޕާކިސްތާނުގެ ހާފުގެ ތެރެއިން ރާއްޖޭގެ ތޯރިގަށް ފައުލްކޮށްފި ޖެހުމެއް ރާއްޖެއަށް.

00:04 އޮއްޕޮ ވަރަށް ރަނގަޅަށް މެދުތެރެއިން ބޯޅަ ސަޕްލައި ކޮށްދެވޭތޯ މަސައްކަޔް އެބަކުރޭ. މިހާރު ބޯޅަ އޮތީ ރާއްޖޭ ހާފުގައި.

00:04 ޕާކިސްތާނަށް ކޯނަރެއް. ކޯނަރުގައި ޕާކިސްތާނުން ނުރައްކާކޮށްފި

00:03 ޕާކިސްތާންގެ އާތިފު ބަޝީރު ނުރައްކާތެރި ހަމަލާއެއް ދިފި

00:02 ޕާކިސްތާނުން ނުރައްކާތެރި ހަމަލާއެއް ދީފި.

00:01 ރާއެޖޭގެ ތޯރިގުވެސް ހަމަލާއެއް އުފަންދަން މަސައްކަތް ކޮށްފި. ފުރަތަމަ ހާފުގައި އެންމިނެތް ނިމުނު ރާއްޖޭގެ ކުޅުން ފެންނަނީ ރަނގަޅަށް.

00:01 މެޗު ފަށައިފި އަޝްފާގު ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަނީ

17:26 ދެޓީމްގެ ކުޅުންތެރިން ދަނޑަށް ނުކުމެ ގައުމީ ސަލާމް ކުޅެން ފަށައިފި

ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ބީގައި ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރާ މެޗުގެ ލައިވް އަޕްޑޭޓަށް މަރުހަބާ!

މެޗް އެނަލިސްޓް އިސްމާއީލް ޒަރިޔަންދު: ޕާކިސްތާނަށް ބަލާއިރު ބަދަލެއް ވަނީ ގެނެސްފައި ދިފާއަށް. މިއަދު ރާއްޖޭ ހަމަލައަށް ބަލާފައި އެބަދަލު ގެނެސްފައި. ޕާކިސްތާނުން ވަރަށް ފިޒިކަލް ގޭމެއް ކުޅޭނެ ކަމަށް ބެލެވޭ

ރާޖޭގެ ފުރަތަމަ އެގާރަ:

އަލީ އަޝްފާގް (ކެޕްޓަން)
ޝަމްވީލް ގާސިމް
އިމްރާން މުހައްމަދު، ގޯލްކީޕަރު
އައްސަދު އަބްދުލް ގަނީ
ޝާފީއު އަހުމަދު
އަކުރަމް އަބްދުލް ގަނީ
މުހައްމަދު އުމެއިރު
މުހައްމަދު އާރިފް އިބްރާހިމް ފަޒީލް
އިސްމާއިލް މުހައްމަދު
އަހުމަދު ތޯރިގް

ރާއްޖެ އާއި ޕާކިސްތާން މެޗް ކުޅުމަށް މިވަގުތު ދެ ޓީމްގެ ކުޅުންތެރިން ވެސް ނެހްރޫ ސްޓޭޑިއަމްގައި ވޯމްއަޕް ކުރަމުން އެބަދެ އެވެ. އަވަށްޓެރި ސްރީލަންކާގައި 2008 ވަނަ އަހަރު އޮތް ސާފް ޗެމްޕިޔަންޝިޕްގެ ފައިނަލްގާ ހަ ހާސް ދިވެހި ސަޕޯޓަރުންނާއި ދައުލަތުގެ އިސްވެރިންގެ ޚާޒިރުގައި މި މުބާރާތުގެ ތަށި ދިވެހިން ހޯދިތާ މިހާރު ތިން އަހަރުވެފައިވާއިރު، 2009 ވަނަ އަހަރުގެ މުބާރާތުގައި ބަންގާޅުގައި މި މުބާރާތުގެ ފައިނަލްގާ މިހާރު ހުރި ކޯޗް އިސްތަފާން ޢުރްބާނީގެ އެދުރުކަމުގެ ދަށުގައި ކުޅެފައިވާއިރު، މިއަހަރުގެ މުބާރާތަށް ރާއްޖެއިން ހޮވާލެވުނު ޓީމުގައި ކުރީ ދެ މުބާރާތުގެ ތަޖުރިބާކާރުން ގިނަވެފައި، މިހާރު ހުރިކޯޗަކީ ވެސް މިމުބާރާތަށް އާމީހަކަށް ނުވާތީ، މިއަދުގެ މެޗްގައި ދިވެހިންނަށް މޮޅު ނުވެވޭންވީ އެއްވެސް ސަބަބެއް ނެތެވެ.

މިމެޗްގެ ލައިވް ކަވަރޭޖް ސަން އޮންލައިން އިން ގެނެސްދޭއިރު މެޗް އެނަލިސްޓެއްގެ ގޮތުގައި ތަޖުރިބާކާރު ކީޕަރު އިސްމާއިލް ޒަރިޔަންދު ހަރަކާތްތެރިވާނެ އެވެ.