04 Feb 2020, 15:56
މެދު ރާއްޖެތެރޭ ރަށެއްގައި ދޮން ބައްޕައެއް އޭނާގެ ދޮން ދެ ދަރިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ދޮން ބައްޕަ އަކު އޭނާގެ ދޮން ދެ ދަރިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އިއްޔެ ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅުގެން ފުލުހުން އެ ރަށަށް ގޮސް ކޯޓު އަމުރެއްގެ ދަށުން، މިއަދު ވަނީ އުމުރުން 55 އަހަރުގެ ދޮން ބައްޕަ ހައްޔަރު ކޮށްފަ އެވެ.
ދޮންބައްޕަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރަނީ އޭނާ ކައިވެނިކޮށްގެން އުޅޭ މީހާގެ 18 އަހަރުން ދަށުގެ ދެ ކުދިންނާ އެވެ.
އެނގިފައިވާ ގޮތުގައި ދޮން ބައްޕަ ކައިވެނިކޮށްގެން އުޅެނީ އެ ރަށް ކައިރީގައި އޮންނަ ހަމަ އެ އަތޮޅު އެހެން ރަށެއްގެ މީހަކާ އެވެ. ދެ މީހުން ކައިވެނިކޮށްގެން އުޅެމުން އައީ ދޮންބައްޕަގެ ރަށުގަ އެވެ. އަދި އެ ދެ ކުދިން ވެސް އުޅެމުން ދިޔައީ ދޮންބައްޕަގެ ގޭގަ އެވެ. އެ ގޭގައި އިތުރު ބަޔަކު ނޫޅެ އެވެ،
އެ ރަށުން ވާހަކަ ދެއްކި މީހުކަ ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، އެ ދެމަފިރިން މައްސަލަ ޖެހިގެން ދެ ދަރިންނާއި އެކު އޭނާގެ މަންމަގެ އުފަން ރަށަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުވެފައިވާ ކަމަށެވެ.