އުތުރުގެ ރަށަކުން ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ އިރުއޮއްސި 7:30 ގައެވެ.

ފުލުހުން ބުނީ، އަޕާ ނޯތް ޕޮލިސް ޑިވިޝަން (ހއ. ހދ. ށ. އަތޮޅު) ގެ ރަށަކުން ހާއްސައެހީއަށް ބޭނުންވާ 30 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަހަރު މިހާތަނަށް ޖިންސީ ގޯނާގެ 55 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަކީ، 406 އެވެ.