ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ސްޓޫޑެންޓް އޮފް ދަ އިޔާ ގެ ތިން ވަނަ ބައިން ފެނިގެންދާނީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ 22، ކަމަށް ހަބަރުތައް ބުނެފިއެވެ.

އަލައިއާ ބޮލީވުޑަށް ތައާރަފްވި ފިލްމު "ޖަވާނި ޖާނެމަން" ވަނީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އަޅުވާފައެވެ. ސްޓޫޑަންޓް އޮފް ދަ އިޔާ 3 އިން އަލައިއާ ފެނިގެންދާނެ ކަމަށް ރިޕޯޓްކުރިއިރު މި ފިލްމު ހޫނު މޫސުމުގައި ޝޫޓްކުރަން ފަށާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ބެންކޮކްގައި އެ ފިލްމުގެ ޝޫޓިން ފަށާއިރު ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 1" އިން ފެނިގެންދިޔައީ ސިދާތް މަލްހަތްރާ، އާލިއާ ބަޓް އަދި ވަރުން ދަވަން އެވެ. މި ތިން ފަންނާނުންވެސް ބޮލީވުޑަށް ތައާރަފްވީ މި ފިލްމުންނެވެ.

ފިލްމުގެ ދެވަނަ ބައިން އަންހެން ދެ ލީޑު ފެނުނުއިރު އެ ފިލްމުން ފެނިގެންދިޔައީ އަނަންޔާ ޕާންޑޭ، ޓައިގާ ޝްރޮފް އަދި ތާރާ ސުތައިރާއެވެ. އަނަންޔާ އާއި ތާރާ ބޮލީވުޑަށް ތައާރަފްވީ މި ފިލްމުގެ ދެވަނަ ބައިންނެވެ.