އާއިލީ ފަންކްޝަނެއްގައި ބައިވެރި ވާން ދިއްލީއަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިޝީ ކަޕޫރުގެ ހާލަތު ގޯސްވެ، އޭނާ އެޑްމިޓްކޮށްފިއެވެ.

ރިޝީ އާއި އޭނާގެ އަންހެނުން ނީތޫ ސިންހް އެ ފަންކްޝަނަށް ދިއްލީ އަށް ދިޔައިރުވެސް އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ހާލަތު ދަށްވުމުން ޑަކްޓަރަށް ދެއްކުމުން އޭނާ އެޑްމިޓްކުރީއެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރަން އަހަރެއްހާ ދުވަހު ނިއުޔޯކުގައި ހުރެފައި މިދިޔަ ސެޕްޓެމްބަރު މަހު ރިޝީ ވަނީ ކެންސަރު ބަލިން ސަލާމަތްވެ އެނބުރި އިންޑިއާއަށް އައިސްފައެވެ.

ދިއްލީ ހޮސްޕިޓަލެއްގައި ރިޝީ އެޑްމިޓްކުރި ހަބަރު ލިބުމާއެކު އޭނާގެ ދަރިފުޅު ރަންބީރު ކަޕޫރާއި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް ވެސް ވަނީ ރިޝީ ގާތަށް ދިއްލީ އަށް ގޮސްފައެވެ.

ރިޝީގެ ހާލަތު ގޯސްވި އިރު އޭނާ ވަނީ ދީޕިކާ ޕަދުކޯން އާއެކު "ދަ އިންޓާންސް"ގެ ހިންދީ ފިލްމަށް ސޮއިވެސްކޮށްފައެވެ.