މެދުރާއްޖެ ތެރޭގެ ރަށެއްގައި ދޮންބައްޕައަކު ދެ ދޮންދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ މެދުރާއްޖެ ތެރޭގެ ރަށެއްގައި 55 އަހަރުގެ ފިރިހެނަކު އޭނާގެ ދެ ދޮންދަރިންނާ މެދު ޖިންސީ އަމަލު ހިންގި މައްސަލައެއް މި މަހުގެ އެއްވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"މި މައްސަލާގައި އަނިޔާ ލިބިފައި ވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނަށް،" އިޒްމިއާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.