03 Feb 2020, 16:31
ގއ. ކަނޑުުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި އެ ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މި މައްސަލައިގައި ކުއްޖާގެ ބައްޕަ ހައްޔަރު ކުރީ އޭނާ ދިރިއުޅެމުން ދިޔަ ހުޅުމާލޭ ފުލެޓުން މިދިޔަ މަހު 18 ވަނަ ދުވަހު، އާންމުން ނުކުމެ ހިނގި ހަމަނުޖެހުންތަކަށްފަހު އެވެ.
ކްރިމިނަލް ކޯޓުންގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ގޮތުން އޭނާގެ ބަންދު އިއްޔެ ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ކަނޑުހުޅުދޫ ރައްޔިތުން ތުހުމަތު ކުރާ އޭނާގެ މައްޗަށް ކުރަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން އިދާރާތަކަށް ނޭންގުން އަދި ކުޑަކުދިން ބެލުމުގައި އިހުމާލުވުން ކަމަށް ކޯޓު އަމުރުގައި ބުނެ އެވެ.
ގާޒީ އަލީ އާދަމް ސޮއިކޮށް ނެރުނު އެ އަމުރުގައި އޭނާ ހައްޔަރުކުރުުގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އެ ކުއްޖާގެ ބައްޕަގެ އިތުރުން، އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އެ ކުއްޖާގެ ކާފަ އަދި މުނި ކާފަ އެވެ. މިދިޔަ މަހު 17 ވަނަ ދުވަހު ކަނޑުހުޅުދޫ އިން ހައްޔަރު ކުރި ކާފަ އާއި މުނި ކާފަގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޮނިހިރު ދުވަހު 15 ދުވަސް ޖަހާފަ އެވެެ.
މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ.
ކުޑަ ކުދިންނާ ބެހުމުގެ މާޒީއެއް އޮތް މުނި ކާފަ އެރަށު އެހެން ކުޑަކުއްޖަކާ ބެހުނު މައްސަލައެއްވެސް އަދިވެސް އޮތީ ކޯޓުގަ އެވެ. އެ މައްސަލަ ނުހިނގާތާ ދެއަހަރުވަނީ ވެފަ އެވެ. މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަ އަކީ އެ ރަށު މިސްކިތު މުދިމެވެ. އޭނާ މުދިންކަމުގެ ހުއްދަ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
"ސަން" އިން އެ ރަށަށް ކުރި ދަތުރުގައި އެމީހުން ދިރިއުޅެމުން އައި އަންނާރުމާ ގޭގެ ކައިރީގައި އުޅޭ އަވަށްޓެރިން ބުނި ގޮތުގައި، މިކަމުގައި ކުއްޖާގެ މަންމަގެ އިހުމާލުވެސް އެބައޮތެވެ. އެކަން ހިނގަނީ އެ މަންމައަށްވެސް އެނގިގެން ކަމަށް އަވައްޓެރިން ތުހުމަތު ކުރެ އެވެ.
ކަނޑުހުޅޫދޫ ސަންގެ ކަވަރޭޖް އިތުރަށް ކިޔާލަން: