ދިއްލީގެ ނެހްރޫ ސްޓޭޑިއަމުން: މުހައްމަދު ޝާން

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާޓުގެ ގްރޫޕް ބީ ފަޅިން ވާދަކުރާ ދިވެހި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ދެ ވަނަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުމަށް ދާދިދެންމއަކު ނެހެރޫ ސްޓޭޑިޔަމްއަށް އަތުވެއްޖެއެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ މިއަދު ކުޅޭއިރު، މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ނޭޕާލާ ދެކޮޅަށް ކުޅެ 1-1 ލަނޑުން އެއްވަރު ވެފައެވެ.

ޕާކިސްތާނާ ދެކޮލަށް ރާއްޖެ މިއަދު ނިކުންނައިރު، ޓީމްގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފިޓްކޮށް ކަމަށް ޓީމުގެ ކޯޗް އިސްތަވާން އުރުބާނީ އިއްޔެ ވަނީ ބުނެފައެވެ.

މިއަދު މާލޭ ގަޑިން 5:30 ގައި ރާއްޖެ ޕާކިސްތާނާ ދެކޮޅަށް ނިކުންނައިރު، ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ދިއްލީގައި ކިޔަވަން އުޅޭ ދިވެހި ކުދިންނާއި ބެންގަލޫރު އަދި ހައިދުރައާބާދުގައި ކިޔަވަން އުޅޭ ދިވެހި ކުދިން، ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ވަނީ ހާއްސަ ހަރަކާތް ތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދުގެ މެޗުގައ ޓީމަށް ސަޕޯޓް ކުރުމަށް ކުރީދުވަހަށް ވުރެ، ގިނަ ކުދިން ނެހެރޫ ސްޓޭޑިޔަމްއަށް އަންނާނެ ކަމަށް ދިއްލީގައި ހުންނަ ރާއްޖޭގެ އެންބަސީން ވަނީ ބުނެފައެވެ.