03 Feb 2020, 12:41
ރެޑްވޭވުން ޗައިނާގެ މަޝްހޫރު އިލެކްޓްރޯނިކްސް ބްރޭންޑު ހައިސެންސްގެ ޓީވީ ވިއްކަން ފަށައިފި އެވެ.
އެއް އަހަރު ދުވަހުގެ ވޮރެންޓީއާއި ފުލް ސާވިސް ކޮށްދިނުމުގެ ހިދުމަތާއެކު ރެޑްވޭވުން ވިއްކަން ފެށި ހައިސެންސް ޓީވީގެ ތަފާތު އެކި ވައްތަރުތައް އެކުންފުނިން ވަނީ ބާޒާރަށް ނެރެފަ އެވެ.
އޭގެ ތެރޭގައި އެލްއީޑީ އެޗްޑީ، ފުލް އެޗްޑީ، ޔޫއެލްއީޑީ ޔޫއެޗްޑީ (4ކޭ ޔޫއެލްއީޑީ) އަދި ލޭޒާ ޓީވީ ހިމެނެ އެވެ. ޓީވީތަކުގެ ސައިޒުތަކަކީ 32، 50، 65، 75 އަދި 100 އިންޗި އެވެ. އަދި ހައިސެންސް ޓީވީގެ އިތުރު މޮޑެލްތައް ކުރިއަށް އޮތް ތަނުގައި ރެޑްވޭވުން ތައާރަފު ކުރާނެ އެވެ.

ރެޑްވޭވުން އަލަށް ވިއްކަން ފެށި ހައިސެންސް ބްރޭންޑްގެ ޓީވީތައް-- ފޮޓޯ/ރެޑްވޭވް
މީގެ ތެރެއިން 100 އިންޗީގެ ހައިސެންސް ލޭޒާ ޓީވީއަކީ 8.3 މިލިއަން ޕިކްސެލް ހިމެނޭ، 4ކޭ ޔޫއެޗްޑީގެ ސާފު މަންޒަރުތައް، އެހެން ޓީވީތަކުން ނުފެންނަ ފެންވަރުގައި ދައްކާލުމުގެ ގާބިލުކަން ލިބިފައިވާ ޓީވީއެއް ކަމަށް ރެޑްވޭވުން ބުނެ އެވެ.
އަލަށް ތައާރަފުކުރި ހައިސެންސް ޓީވީ ރެޑްވޭވް ސިޓީ ސްކެއާ، ރެޑްވޭވް ލިވިންގް އަދި ރެޑްވޭވް އިލެކްޓްރޯނިކްސްއިން ވިއްކަމުންދާއިރު، އެ ބްރޭންޑަށް ހާއްސަ ޝޯރޫމެއް ވެސް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.
ރެޑްވޭވްއަކީ ބޮޑެތި އެޕްލަޔަންސްތަކާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ހައިސެންސް ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
ހައިސެންސްއަކީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ އޮފިޝަލް ސްޕޮންސާ ބްރޭންޑްގެ އިތުރުން 2016ގެ ޔުއެފާ ޔޫރޯ މުބާރާތާއި ކުރިއަށްއޮތް 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާޓްނާ ބްރޭންޑެވެ.