03 Feb 2020, 10:50
ކާމިޔާބު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް 9"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ބެލުންތެރިން ބޮޑު އިންތިޒާރެއްގެ ނިމުން ވަނީ މި ފިލްމުގެ ޓްރެއިލާ ދެއްކުމުން އައިސްފަ އެވެ. އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިއުރިއަސްގެ ނުވަވަނަ ބައި ގެ ޓްރެއިލާ ވަރަށް ވެސް ވަރުގަދަ އެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފިލްމުގެ ޓްރެއިލާ އިން ފެނިގެން ގޮސްފައިވެ އެވެ.
އަންނަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ޔުނިވާސަލް ޕިކްޗާޒް އިން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ އެ ފިލްމްގެ ކުރީގެ އަށް ފިލްމުން ވެސް ފެނިގެން ދިޔަ ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖެސެން ސްޓެތަމް އެވެ.
"ފާސްޓް އެންޑް ފިއުރިއަސް" އަކީ 2001 ވަނަ އަހަރުން ފެށިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފްރެންޗައިޒް އެކެވެ.
"ފާސްޓް އެންޑް ފިއުރިއަސް" އަށް ވަނަ ބައި "ފޭޓް އޮފް ދަ ފިއުރިއަސް" ރިލީޒްކުރީ 2017 އަހަރުގަ އެވެ. އެ ފިލްމަށް ވަނީ 1.239 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.